މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އިސްލާމްދީނަށް ފުރައްސާރަ ކޮށްފާވާތީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ކައުންސިލުން އެ ޢަމަލު ކުއްވެރިކޮއްފިއެވެ.ް
އެމް.ޑީ.އެން އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި ނެރުނު ރިޕޯޓްގައި އިސްލާމްދީނަށާއި މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ނިސްބަތްކޮށް ވަރަށް ހުތުރު ގޮތަކަށް ފުރައްސާރަ ކޮށްފައިވާތީ އެކަން އެރަށުގެ ރައްޔިތުންނާއި އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ އަމަލަކީ އެ ޖަމިއްޔާއިން ހިންގި ދަށް ދަރަޖައިގެ އަމަލެއްކަމަށް ވެސް އެ ކައުންސިލުގެ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.
ކަނޑައެޅިގެން ޤުރުއާނުގައި ވާ ކަންކަމަށް އިންކާރުކޮށްފައި ވުމަކީ ފަސައިދައިގެ އަމަލެއްކަމަށާއި އެހެންކަމުން، ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައިވާ ފަދައިން އިސްލާމް ދީނަށް އިހާނެތިކޮށްހިތުމަށް ނުވަތަ ދީނީ އެއްބައިވަންތަކަން ނަގާލުމަށް އެފަދަ ޖަމްޢިއްޔާތައް ހިންގުމަކީ ގާނޫނާއި ހިލާފު އަމަލަކަށްވީހިނދު އެފަރާތާމެދު ލަސްނުކޮށް ފިޔަވަޅުއެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށް ކައުންސިލްއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!