ކުޅުދުއްފުށި ސިޓީގެ ''ތަރައްޤީގެ ޕްލޭން 2027-2031'' އާންމުންގެ ޙިޔާލު ހޯދުމަށް ސާވޭ ފަށައިގެން ކުރިއަށް އެބަދެއެވެ.

ކުޅުދުއްފުށި ސިޓީގެ ތަރައްޤީގެ ޕްލޭން 2027-2031 އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަށް ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޭނުންވާތީ، އެ ގޮތުން ފޯމެއް މެދުވެރިކޮށް ތަރައްޤީގެ ޕްލޭނަށް، ރައްޔިތުންގެ ޚިޔާލު ހުށަހެޅޭނެ އިންތިޒާމު އެ ކައުންސިލުން މިހާރުވަނީ ހަމަޖައްސާފައެވެ.

Ad
d

މި ފުރުސަތު ހުޅުވާލައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކާއި އެ ސިޓީގެ މުސްތަޤްބަލު ބިނާކުރުމުގައި އިސްކަން ދޭންޖެހޭކަމަށް ރައްޔިތުންނަށް ފެންނަ ކަންކަން، ސަރވޭ މެދުވެރިކޮށް ހިއްސާކުރެއްވުމަށް އެދޭކަމަށެވެ.

މި ސާވޭގައި ސާވޭގައި ބައިވެރިވާ އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ނުވަތަ އެމީހަކީ ކާކުކަން ދެނެގަނެވޭނެ އެއްވެސް މައުލޫމާތެއް ނުނަގާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެ ގޮތުން އޮންލައިންކޮށް ސާވޭ ފުރިހަމަ ކުރެއްވުމަށްޓަކައި ކުޅުދުއްފުށީ ސިޓީކައުންސިލްގެ ފޭސްބުކް ޕޭޖުގައި ގޫގުލް ފޯމާއި ކިޔުއާރް ކޯޑްވަނީ އާންމުކޮށްފައެވެ. އޭގެ އިތުރުން ޕްރިންޓް ކޮއްފައިވާ ފޯމު، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކައުންޓަރުންނާއި ނޮލެޖް ސެންޓަރ އަދި ކުޅުދުއްފުށީ ބަނދަރު އޮފީހުން ލިބެން ހުންނާނެ ކަމުގައި އެ ކައުންސިލުން ބުނެއެވެ.

މި ސާވޭގެ ސުންގަޑިއަކީ މި ހިނގާ އޮގަސްޓްމަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

Ad
df

ކުޅުދުއްފުށި ސިޓީގެ ކުރިއަށް އޮތް 05 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ވެސް އެ ކައުންސިލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.