ކުޅުދުއްފުށި ސިޓީގައި "ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު" ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަމުން އެބަދެއެވެ.

ފެށުނީންސުރެއް ކުޅުދުފުއްޓަކީ ވަރަށް ތަފާތު ގޮތަކަށް އީދު ފާހަގަކުރަމުން އަންނަ ރަށެކެވެ. މިފަހަރުގެ ބޮޑު އީދުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން "ބޮޑު އީދު މުއްސަނދި ސަގާފަތަކާ އެކު" ގެ ނަމުގައި މިއަހަރުގެ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ.

Ad
rt

އެ މިފަހަރު ކުރިއަށްދާ ހަރަކާތްތަކަށް ދީފައިވަނީ ތަފާތު ނަންތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންދު ދުއްވުމާއި ރާނީ ހިނގުމާއި މަށިމާލި ޕެރޭޑާއި ބޮޑު ފައިވާން ހިނގުން އަދި ހިއްޗަށްވަޑައިގަތުން ކަހަލަ ހަރަކާތްތަކެވެ. އަދި އީދު ޝޯ، އާއި ވާދަމުން ފައިގަތަޅާ އަދި ވާދެމުން ކަހަލަ ހަރަކާތްތަކެއް ވެސް އެބަ އޮތެވެ.

ޢީދުގެ ހަރަކާތްތައް ފެށިފައިވަނީ ޢީދުގެ މުބާރާތް- ކުރުނބާ އީދުގެ އިންނެވެ. މިއީ ކުޅުދުއްފުށީގައި އީދު ވިލޭރޭއާ ދިމާކޮށް އީދުގެ ހެދުމަކީ ކުރިން ކުރަމުން އައި ކަމެކެވެ. އާންމު ގޮތެއްގައި މިފަދަ އީދުގެ ތަށް ހުންނަނީ ގޭގޭގެ ހުސްތަނެއްގަ އެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދަށް ފަހު އީދު ދުވަހު ދެން ކުރިއަށް ގެންދިޔަ ހަރަކާތަކީ ބަންދު ދުއްވުމާއި ރާނީ ހިނގުމެވެ. މިއަދު ކުރިއަށް ރޭވިފައިވާ ހަރަކާތްތަކަކީ ސްކްއި ބީޗް ޗެލެންޖް އާއި ރާއްޖޭގެ ބޮޑު ސަމާލުކަމެއް ލިބިފައި ވަނީ މަށިމާލި ޕެރޭޑެވެ. މި ޕެރޭޑްއަކީ ތަފާތު ޝުއޫރުތައް ލިޔެފައިވާ ސިޔާސީ އެކި ކުލަވަރު ވެސް އެއިން ފެނިގެންދާ ގޮތަށް ކުރިއަށް ގެންދާ ޕެރޭޑެކެވެ.

މިއަހަރުގެ މަށިމާލި ޕެރޭޑްގައި ސަމާލުކަން ދޭންވީ ކަންކަން ސިޓީ ކައުންސިލުންވަނީ ބައިވެރިވާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެގޮތުން ޕެރޭޑުގައި ބައިވެރިކުރެވޭނީ އިސްލާމް ދީނާ ފުށުނާރާ މާލިތަކެވެ. މާޅިތައް ހުންނަންވާނީ އާންމު އިޖްތިމާއީ މިންގަނޑަށް ފެތޭގޮތައް އަދި މީހުންގެ ފޮޓޯ އާއި ނަން ބޭނުން ކުރުމަކީ މަނާކަމެއްކަމަށާއި އެފަރާތެއްގެ މާއްޔަކަށް ޒިންމާވާން ޖެހޭނީ އެތައްޔާރުކުރާ ފަރާތަކުން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ޖަލާލުއްދީން ސުކޫލް ސަރަހައްދުންނެވެ. ބޮޑު މަގުގެ އަފީފިއްދީން ސުކޫލް އާއި ހަމައަށް ދިއުމަށްފަހު ނިންމުމަށް ހަމަޖެހިފައިވަނީ ވެސް ޖަލާލުއްދީން ސުކޫލް ސަރަހައްދުންނެވެ. ފެށޭނީ މިއަދު 16:00 ގަ އެވެ.

މާދަމާ ކުރިއަށްދާނެ ހަރަކާތަކީ ބޮޑުފައިވާން ހިނގުމެވެ. 12 ވަނަ ދުވަހު ހިއްޗަށް ވަޑައިގަތުމާއި ދަމުހިނގުން ކުރިއަށް ދާނެއެވެ. ދަމުހިނގުން ކުރިއަށްދާނީ އެރޭ 20:45 ގައި ވެލިގަނޑު ސްޓޭޖް ސަރަހައްދުގަ އެވެ. ކަދާ މާލި، ކޯރިގަނޑު މާލި، މުގުރުގަނޑު މާލި، ހަތްބޯރާހި، ހަންޑިގަނޑާރަ ފަދަ މާލިތައް މިހަރަކާތުގައި ފެނިގެން ދާނެއެވެ. މީގެ އިތުރުން ކަނބުރުވެރިކަން، ވަޑާންކުރުންފަދަ މަސައްކަތްތެރިކަން ދައްކުވައިދޭ މާލިތައްކަށްވެސް ބައިވެރިވެވޭނެ އެވެ. ނަމަވެސް ދަމުހިނގުމުގެ ސަގާފަތާއި ނުގުޅޭ މާލިތައް ބައިވެރިވުން ވަނީ މަނާކޮށްފަ އެވެ.

އީދު ބަންދުގެ އެންމެ ފަހު ދުވަހު ކުރިއަށްދާނީ ކޮރަސް ވާދެމުމާއި ކޮރަލްސް ފައިގަ ތަޅާ މުބާރާތެކެވެ.