"ހދ. އަތޮޅު ލީގު ބަށި މުބާރާތް 2022"ގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ކޮރަލްސް ހޯދައިފި އެވެ.
މި މުބާރާތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އަދި ބަށިބޯލް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ގުޅިގެން ބޭއްވި މުބާރާތެކެވެ.
9 ޖޫން އިން 11 އަށް ކުރި ދިޔަ މި މުބާރާތުގެ ފައިނަލް މެޗްގައި ކުޅުދުއްފުށީ ކޮރަލްސް އާއި ބައްދަލުކުރީ ޓީމް ނެއްލައިދޫ އެވެ. މި މެޗް ކޮރަލްސް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ 28-25 ލަނޑުން ނެއްލައިދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި މުބާރާތުގެ ބަށިރާނީގެ މަގާމު ހޯދީ ޓީމު ނެއްލައިދޫގެ އައިޝަތު ރަޝީދާ އެވެ.
މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވި އެވެ. އެއީ ކުޅުދުއްފުށީގެ ދެ ޓީމު ކަމަށްވާ ކޮރަލްސްގެ އިތުރުން ހިރަފުހާއި، ޓީމު ނެއްލައިދޫއާއި އަދި ނޭކުރެންދޫއެވެ.
މި މުބާރާތުގައި ޖުމްލަ 7 މެޗެއް ކުޅެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!