ހުންނެވީ ރުހިގެން ނޫންކަމަށް ވިދާޅުވެ، ކުޅުދުއްފުށީ ސިޓީ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު ރިލްވާން މުހައްމަދު (ރިލޭ)ގެ އުދާސްތައް ބަންޑުންކޮށްލައިފިއެވެ.
ރިލޭއަކީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރެކެވެ. ނިމިދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު، ރިޔާސީ ޕްރައިމަރީގައި ރިލޭ ހުންނެވީ އެ ޕްރައިމަރީގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލިސްގެ ރައީސް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަހަތްޕުޅުގައެވެ.
އެ ޕްރައިމަރީއަށްފަހު މިއަދު ރިލޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ އެ ޕްރައިމަރީއާއިމެދު ހިތްހަމަނުޖެހޭކަން ހާމަކުރައްވައި އޭނާގެ އުދާސްތައް ބަންޑުންކޮށްލައްވާފައެވެ.
''އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ކުޅުދުއްފުށީ ސިޓީ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި އެމްޑީޕީ ތަމްސީލް ކުރަން ހުއްޓާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވަކި ކޮޅެއް އިހްތިޔާރުކުރީތީވެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓްލެވޭ މީހުން ގެ ލިސްޓުން އަޅުގަނޑުގެ ނަން އުނި ކޮއްފައި ޕާޓީގެ ޕްރައިމަރީ ކާމިޔާބުކޮއްފައި ތިމަންނާ މީ ރިޔާސީ ކެނޑިޑޭޓް އެކޭ ބުނީމަ އަޅުގަނޑުމެންނަށް އެކަން ގަބޫލުކުރަންދަތި،'' ރިލޭ ވިދާޅުވެފަވެއެވެ.
އޭނާ ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުޅުދުއްފުށީ ގެ ދެކުނު ދާއިރާ ގެ އެމްޑީޕީގެ ވަކި މީހަކު ބޭނުންވާ ގޮތަށް ލިސްޓް ތަރުތީބު ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ.
''ކުޅުދުއްފުށީ ގެ ދެކުނު ދާއިރާ ގެ އެމްޑީޕީގެ ވަކި މީހަކު ބޭނުންވާ ގޮތަށް ލިސްޓް ތަރުތީބުކޮށްގެންވެސް މުޅި މި ސި ޓީގެ އެމްޑީޕީގެ އާންމު މެންބަރުން އެދި ގޮވަނީ ފާޓީގެ މެންބަރުންގެ ހިއްތަކުގެ ރައީސް ރައީސް ނަޝީދު ކަން އެގި ސާފުވެޖެ، އަޅުގަނޑުމެން މިތިބީ ރުހިގެން ނޫން،'' ރިލޭ ވިދާޅުވިއެވެ.
''މިއަދު އަޅުގަނޑު ނަން ހިމެނޭ ހެން 39000 އާންމު މެންބަރުން ނަން އުނި ކުރީ، މާދަމާ ޕާޓީގެ އެތެރޭގެ އިންތިހާބު މިގޮތަށް ދޫދޭނަމަ ވޯޓްލުމުގެ ހައްގުން އުނިވާނީ ކިތަށް ބޭފުޅުންގެ ނަން ނޫންކަމެއްވެސް ނޭނގެ،'' ރިލޭ ވިދާޅުވިއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ކުޅުދުއްފުށިން ކުރި ހޯއްދެވީ ނަޝީދު
އޭނާ ވިދާޅުވީ، ކުޅުދުއްފުށީ ދެކުނު ދާއިރާއިން 270 އެތަށް މެންބަރެއްގެ ނަން ވަނީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ. އަދި ''ހޮވި ނުހޮވުން ރިޔާސީ ކެންޑިޑޭޓް'' ކަމަށް ވިދާޅުވެ، ރައީސް ޞާލިޙަށް ފާޑުވިދާޅުވެފަވެއެވެ.
އެމްޑީޕީގެ ދަފްތަރުން 39000 މެންބަރުން ވަކިކުރި މައްސަލާގައި ކުރިން އެ ޕާޓީން ބުނެފައި ވަނީ އެ މީހުންނަކީ އެހެން ޕާޓީތަކުގެ ރަޖިސްޓަރީގައި ނަން އޮތް މީހުން ކަމަށެވެ. އަދި އެމީހުން ވަކިކުރީ އެމްޑީޕީގައި ތިބެން އެދޭނަމަ ތިބި ޕާޓީން ކެނޑި އެމްޑީޕީއަށް ވަންނަން ފުރުސަތު ދިނުމުގައި ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!