މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ހދ. ކުޅުދުއްފުށި ސިޓީ

1,138 Stories filed
ނޮޅިވަރަންފަރު ބަލިވުމުން ސެމީން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ހަނިމާދޫއަށާއި މާއްޓޭ ސްޕޯޓްސްއަށް
Thiladhunmathi News

ނޮޅިވަރަންފަރު ބަލިވުމުން ސެމީން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ހަނިމާދޫއަށާއި މާއްޓޭ ސްޕޯޓްސްއަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ހަވީރު ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރި މެޗުން، ނޮޅިވަރަންފަރު ބަލިވުމުން ސެމީ ފައިނަލުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު އެ ގްރޫޕުގައި ހިމެނޭ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށާއި މާއްޓޭ ސްޕޯޓްސް އަށް ލިބިއްޖެއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޒިގްޒެގުން ނޮޅިވަރަންފަރުގެ މައްޗަށް ކުރި [...

މާއްޓޭ ސްޕޯޓްސް ބަލިކޮށް ޒިގްޒެގް ސެމީއަށް
Thiladhunmathi News

މާއްޓޭ ސްޕޯޓްސް ބަލިކޮށް ޒިގްޒެގް ސެމީއަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި މާއްޓޭ ސްޕޯޓްސްއާއި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ސެމީ ފައިނަލުގެ ޖާގައެއް ޒިގްޒެގުން ކަށަވަރު ކޮށްފިއެވެ. މި މުބާރާތުގެ ގްރޫޕް އޭގައި އިއްޔެ ޒިގްޒެގާއި މާއްޓޭ ސްޕޯޓްސް ބައްދަލުކުރި މެޗު، ޒިގްޒެގުން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. މި މޮޅާއިއެކު ގްރޫޕްއޭގެ އެއްވަނާގައި މިވަގުތު އޮތީ ޒިގްޒެގެވެ. ޒިގެޒެގަށް ކުޅުނު […]

ނައިވާދޫ ޓްރެއިނާސްއާއި ހިރަފުސް މެޗު އެއްވަރު
Thiladhunmathi News

ނައިވާދޫ ޓްރެއިނާސްއާއި ހިރަފުސް މެޗު އެއްވަރު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ގްރޫޕް ބީގައި ނައިވާދޫ ޓްރެއިނާސްއާއި ކުޅުދުއްފުށީ ހިރަފުސް އިއްޔެ ހަވީރު ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ހިރަފުހުންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި […]

ފަހު ދިހަމިނެޓް ތެރޭ ތިންލަނޑުޖަހައި ނޮޅިވަރަންފަރުން މާއްޓޭ ސްޕޯޓްސް ހުއްޓުވައިފި
Thiladhunmathi News

ފަހު ދިހަމިނެޓް ތެރޭ ތިންލަނޑުޖަހައި ނޮޅިވަރަންފަރުން މާއްޓޭ ސްޕޯޓްސް ހުއްޓުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މާއްޓޭ ސްޕޯޓްސް އާއި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުން މާއްޓޭ ސްޕޯޓްސް އިން މޮޅުވާން ދަނިކޮށް މެޗުގެ ފަހު ދިހަމިނެޓްގައި ތިންލަނޑުޖަހައި ނޮޅިވަރަންފަރުން މާއްޓޭ ސްޕޯޓްސް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ފޯރިގަދަ ކުޅުމެއް...

ހދ. އަތޮޅު ކައުންސިލުގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލިއްޖެ
Thiladhunmathi News

ހދ. އަތޮޅު ކައުންސިލުގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލިއްޖެ

ހދ. އަތޮޅު ކައުންސިލުގެ މެޖޯރިޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ގެއްލިއްޖެއެވެ. އެ ޕާޓީއަށް މެޖޯރިޓީ ގެއްލުނީ އެ އަތޮޅު ކައުންސިލުގައި އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދެވި 3 މެމްބަރުން އަލައް އުފްދާ “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރެއްވުމާއި ގުޅިގެންނެވެ. އެ ޕާޓީއަށް ސޮއި ކުރެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފް އާއި ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު އަދި ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު އެވެ. […]

ކުޅުދުއްފުށީ ސިޓީ ކައުންސިލް އެކީ "ދަ ޑިމޮކްރެޓްސް" އަށް
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލް އެކީ "ދަ ޑިމޮކްރެޓްސް" އަށް

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ. މި ބޭފޫޅުން “ދަ ޑިމޮކްރެޓްސް” އާ ގުޅިވަޑައިގެން ސޮއި ކުރައްވާފައިވަނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކުރައްވަ އެވެ. ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފް އާއި ޑެޕިއުޓީ މޭޔަރ ޢަލީ އަޙްމަދު، މުޙައްމަދު ދާޢޫދު، އަޙްމަދު ޢަބްދުﷲ ރިލްވާން މުޙައްމަދު އާއި އާމިނަތު މަޖީދާ ވަނީ ޕާޓީއަށް ސޮއިކުރައްވާ ފޯމް ހަސަން […]

ކުޅުދުއްފުށި ސިޓީގައި ބާސްކެޓްބޯލް ޖޫނިއަރ ރެފްރީ ކޯހެއް ހިންގައިފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީގައި ބާސްކެޓްބޯލް ޖޫނިއަރ ރެފްރީ ކޯހެއް ހިންގައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ބާސްކެޓްބޯލް ޖޫނިއަރ ރެފްރީ ކޯހެއް ހިންގައިފިއެވެ. މިކަމާއި ގުޅޭ މައުލޫމާތު ދެއްވަމުން އެ ސިޓީގެ ޑެޕިއުޓީ މޭޔާ އަލީ އަހަމްދު ވިދާޅުވީ މި ކޯސް ކުރިއަށް ގެންދިޔައީ މި މޭ މަހުގެ 23 ން 30 އަށް ކަމަށެވެ. އަދި މިއީ އެ ކައުންސިލާއި ބާސްކެޓްބޯލް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ޕްރޮގްރާމަށް ބައިވެރިން ހޮވާފައިވަނީ މި މޭމަހުގެ ކުރީކޮޅު ކުރިއަށްގެންދިޔަ “ބޯލް އިން ސްކޫލް” […]

މި އަހަރު ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ހަނިމާދޫ، ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ނައިވާދޫ ވާދަކުރާނެ
Thiladhunmathi News

މި އަހަރު ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ހަނިމާދޫ، ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ނައިވާދޫ ވާދަކުރާނެ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ހދ އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެއްޖެއެވެ. މި މުބާރާތަކީ ޖުމްލަ އަށް ޓީމަށް ފުރުޞަތު ދޭ ގޮތަށް ސިޓީ ކައުންސިލުން ފަރުމާކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތް ފުރަތަމަ ބާއްވާފައިވަނީ ފާއިތުވި އަހަރުއެވެ. އެ އަހަރު މި މުބާރާތް ހުޅުވާލީ ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކަށެވެ. މި އަހަރުވެސް ފުރަތަމަ މި މުބާރާތް ހުޅުވާލީ ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކަށެވެ. ހުޅުވާލި ފުރުޞަތުގެ ދަށު...

ކުޅުދުއްފުށީގައި ފާޚާނާއެއްގެ ތެރެއަށް ވެއްޓުނު މީހަކު ނިޔާވެއްޖެ
Thiladhunmathi News

ކުޅުދުއްފުށީގައި ފާޚާނާއެއްގެ ތެރެއަށް ވެއްޓުނު މީހަކު ނިޔާވެއްޖެ

ކުޅުދުއްފުށި ސިޓީގައި ފާޚާނާއެއްގެ ތެރެއަށް ވެއްޓުނު މީހަކު ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެސިޓީގައި މީހަކު ފާޚާނާއަށް ވަދެ، ނުނިކުމެ ގިނައިރުވެގެން ބެލިއިރު، އެމީހާ އޮތީ ފާޚާނާ ތެރެއަށް ވެއްޓިފައި ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 10:30 ހާއިރު، ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން އިތުރަށް ވިދާޅުވީ ނިޔާވެ...

ކުޅުދުއްފުށީގެ ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގެ ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކޮށްފި

ކުޅުދުއްފުށީގެ ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކުރުމުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި އެ ކައުންސިލްގެ ”ފިނިފެހި ސިޓީ” ޕްރޮޖެކްޓްގެ ދަށން، އެ ސިޓީގެ މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ތިން މިސްކިތެއްގައި ސޯލާ ޕީ.ވީ ހަރުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމާލެވިފައެވެ. އެ މިސްކިތްތަކަކީ، މަސްޖިދުލް ފިރުދައުސް، މަސްޖިދުލް ހަސަނާތު އަދި މަސްޖިދުލް ޖަމ...

މަޝްހޫރު ހުރިހައި ސައިޓުތަކަށް ޑައިވްކުރި ޒުވާނަކަށް، އެންމެ ހިތްގައިމު މަންޒަރުތައް ފެނުނީ ހދ. އަތޮޅުން
Thiladhunmathi News

މަޝްހޫރު ހުރިހައި ސައިޓުތަކަށް ޑައިވްކުރި ޒުވާނަކަށް، އެންމެ ހިތްގައިމު މަންޒަރުތައް ފެނުނީ ހދ. އަތޮޅުން

ރާއްޖެއަކީ ކަނޑު އަޑީގެ ރީތި ބަގީޗާތަކުން ޖަރީވެފައިވާ ގައުމެކެވެ. ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ގައުމުތަކަށް މަޝްހޫރުވެފައި އޮންނަނީ ވެސް މިގޮތަށެވެ. ފަތުރުވެރިން އަންނަނީ ވެސް އެކަމުގައެވެ. ރާއްޖޭގެ ކޮންމެ އަތޮޅަކީ ވެސް ގުދުރަތީި ރީތިކަން ލިބިފައިވާ އަތޮޅަކަށްވާއިރު، އެކި އަތޮޅުތަކުގައި ހުންނަ ޑައިވިން ޕޮއިންޓުތައް ތަފާތެވެ. އެ ތަންތަނުން ފެންނަ މަންޒަރުތައް ވެސް ތަފާތެވެ. އެހެންނަމަވެސް ބޮޑު ތިލަދުންމަތީގައި ދުނިޔެމަތީގެ ސުވަރުގެއެއް ފަދަ ޑައިވް ސައިޓުތައް ހުރި ވާހަކައަކީ މީގެކުރިން ‘އެހާ...

ކޭއާރުއެޗުގެ އައު އައިސީޔޫ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވައިފި
Thiladhunmathi News

ކޭއާރުއެޗުގެ އައު އައިސީޔޫ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ އައު އައިސީޔޫ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިސީޔޫގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ ޝިއާމްއެވެ. މި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުގެ އައިސީސީޔޫ ޕްރޮޓޮކޯލް ވެސް ވަނީ އިފްތިތާހު ކުރައްވާފައެވެ. މިކަމާއި ގުޅިގެން ކޭއާރްއެޗްގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު މޫސާ ‘ތިލަދުން’ އަށް ވިދާޅުވީ އަލަށް ތަރައްގީުކުރި އައިސީޔޫ ހުންނާނީ އެ ހޮސްޕިޓަލުގައި މިފަހުން ގާއިމުކުރި ތި...

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމްޢިއްޔާ ޖަމާޢަތްތަށެވެ. މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް މިޓީން މި މަހުގެ 19 ވަނަ ދުވަހު...

އެމްއެސްއެސްގެ ދަތުރުތައް ކުޅުދުއްފުއްޓާއި އައްޑޫ އަށް ފަށަނީ
Thiladhunmathi News

އެމްއެސްއެސްގެ ދަތުރުތައް ކުޅުދުއްފުއްޓާއި އައްޑޫ އަށް ފަށަނީ

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ ދަތުރުތައް ކުޅުދުއްފުށި ސިޓީ އަށާއި އައްޑޫ ސިޓީއަށް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އެމްއެސްއެސްގެ އެގްޒެކެޓިވް ޑިރެކްޓަރ ކެޕްޓަން މުޙައްމަދު ނާޒިމް ވިދާޅުވީ އެ ދެ މަންޒިލަށް ދަތުރު ފެށުމަށް، މަހެއްހާ ދުވަސް ކުރިން ބޯޓެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ކުންފުނިން މީގެ ކުރިން ވެސް އައްޑޫ ސިޓީއަށް ދަތުރުތައް ފަށައި، […]

ބޮޑު ފައިސާގެ އިނާމެއްދޭ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ބޮޑު ފައިސާގެ އިނާމެއްދޭ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ނުވަތަ ޔޫތު މިނިސްޓްރީގެ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކުޅުދުއްފުށީގެ ކުލަބު ޖަމިއްޔާތަކަށެވެ. މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ އެންމެ ފުރަތ...