މި އަހަރު ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ހަނިމާދޫ، ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ނައިވާދޫ ވާދަކުރާނެ

ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް
ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި ހދ އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެއްޖެއެވެ.

މި މުބާރާތަކީ ޖުމްލަ އަށް ޓީމަށް ފުރުޞަތު ދޭ ގޮތަށް ސިޓީ ކައުންސިލުން ފަރުމާކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތް ފުރަތަމަ ބާއްވާފައިވަނީ ފާއިތުވި އަހަރުއެވެ. އެ އަހަރު މި މުބާރާތް ހުޅުވާލީ ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކަށެވެ. މި އަހަރުވެސް ފުރަތަމަ މި މުބާރާތް ހުޅުވާލީ ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކަށެވެ. ހުޅުވާލި ފުރުޞަތުގެ ދަށުން މުއްދަތު ހަމަވިއިރު ކުޅުދުއްފުށިން ބައިވެރިވީ ހަތަރު ޓީމެކެވެ. އެ ޓީމްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ކޮރަލްސް، ހިރަފުސް ސްޕޯޓސް ކުލަބް، ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އަދި މާއްޓޭ ސްޕޯޓްސް އެވެ.

ވުމާއެކު މުބާރާތް ފޯރިގަދަ ކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ އަތޮޅު ތެރޭގެ ބައެއް ރަށްތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ދީފައެވެ. އެ ގޮތުން ހަތަރު ރަށެއްގެ ކުލަބް/ޖަމިއްޔާއިން މުބާރާތުގައި ވަނީ ބައިވެރިވެފައެވެ. ބައިވެރިވި ޓީމްތަކަކީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ، ނޮޅިވަރަމް ކްލަބް ހުވާސް، ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބް އަދި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ.

މި މުބާރާތުގައި ގިނަ ވަނަތަކެއް ހޮވައި ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޗެމްޕިއަން ޓީމަށް 60،000 (ފަސްދޮޅަސްހާސް) ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 15000 (ފަނަރަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ޤައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ފާއިތުވި 2022 ވަނަ އަހަރު މި މުބާރާތުގައި ބައިވެރިވެފައި ވަނީ ކުޅުދުއްފުށީގެ ފަސް ޓީމަކުންނެވެ. އެއީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު، ކުލަބް ކޮރަލްސް، ޒިގެޒެގް ފޯ ޔޫތު ލިންކޭޖް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސްއެވެ. އެ މުބާރާޓުގެ ޗެމްޕިއަން ޓީމަށް 50،000 (ފަންސާސްހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް ވަނީ 10،000 (ދިހަހާސް) ރުފިޔާ ދީފައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ކްލަބް ކޮރަލްސް އިންނެވެ.

މި އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި