ކުޅުދުއްފުށީގައި ފާޚާނާއެއްގެ ތެރެއަށް ވެއްޓުނު މީހަކު ނިޔާވެއްޖެ

ކުޅުދުއްފުށި ސިޓީ، ފޮޓޯ: އިފޫ ފޮޓޯގްރަފީ/ކުޅުދުއްފުށި
ކުޅުދުއްފުށި ސިޓީ، ފޮޓޯ: އިފޫ ފޮޓޯގްރަފީ/ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ފާޚާނާއެއްގެ ތެރެއަށް ވެއްޓުނު މީހަކު ނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެސިޓީގައި މީހަކު ފާޚާނާއަށް ވަދެ، ނުނިކުމެ ގިނައިރުވެގެން ބެލިއިރު، އެމީހާ އޮތީ ފާޚާނާ ތެރެއަށް ވެއްޓިފައި ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 10:30 ހާއިރު، ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ނިޔާވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މީގެ އިތުރުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި