ކުޅުދުއްފުށީ އުތުރު ބަނދަރު ދެކުނު ފަރާތު ނެރުބައްތި ބިނދިފައިވާތީ ސަމާލުވާން އެދިއްޖެ
ކުޅުދުއްފުށީ އުތުރު ބަނދަރުގެ ދެކުނު ފަރާތުގެ ނެރުއްބައްތި ހަލާކުވުމާއި ގުޅިގެން ކަނޑު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުން އެ ކަމަށް ސަމާލުވާން ސިޓީ ކައުންސިލުން އެދިއްޖެއެވެ. ސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކުޅުދުއްފުށީ އުތުރު ބަނދަރު ދެކުނު ފަރާތު ކަނޑިންމާ ބައްތި ވަނީ ބިނދިފައިކަމަށެވެ. މިކަމުގެ ސަބަބުން ދަތުރުކުރާ ފަރާތްތަކައް ގެއްލުމެއް ލިބިދާނެތިން މިކަމަށް ސަމާލުވާން ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށްޓަކައި އެ އިދާރ...