މޯލްޑިވްސް ޔުނިޓީ އެސޯސިއޭޝަން (އެމްޔޫއޭ) ގެ ފަރާތުން ކުޅުދުއްފުށި ސިޓީ ކައުންސިލަށް ޑަސްބިން ހަދިޔާކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުން ބުނިގޮތުގައި ސިޓީ ކައުންސިލަށް 240 ލީޓަރުގެ 3 ޑަސްބިން ހަދިޔާކޮށްދެއްވާފައިވަނީ އެމްޔޫއޭގެ މަސްޢޫލުވެރިޔާ ނަޒާކީ ޒަކީ (ދާތޯ ޒަކީ) އެ ޖަމިިއްޔާގެ ކުޅުދުއްފުށީ ގޮފި މެދުވެރިކޮށް ކަމަށެވެ.
މި ޑަސްބިންތައް ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ 16 ޖުލައި 2025 ވީ ބުދަ ދުވަހުއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ އެމްޔޫއޭގެ މަސްޢޫލުވެރިޔާ އަށާއި އެ ޖަމިއްޔާގެ ކުޅުދުއްފުށީ ގޮފީގެ މެންބަރުންނަށް ކައުންސިލަށް މި ވެދިން އެހީއަށް ޝުކުރުއަދާކޮށްފައެވެ.
އެމްޔޫއޭގެ މަޤުސަދަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކުގައި ދިރިއުޅޭ އާއިލާތަކަށް ސުލްހަ އާއި އެއްބައިވަންތަކަމާއެކު ކާމިޔާބީ ހޯދުމަށް އެހީތެރިވެދީ ބާރުވެރިކުރުންކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި އެސޯސިއޭޝަނުން ވަނީ 6 ޖުލައި 2025 ވީ އާދީއްތަ ދުވަހު ކުޅުދުއްފުށި ސިޓީގައި ޖަމިއްޔާގެ ގޮތްޕެއް ހުޅުވުމަށް ރަސްމިއްޔާތެއް ބާއްވައި ރަސްމީކޮށް އެ ސިޓީގައިވެސް އެ އެސޯސިއޭޝަންގެ މަސައްކަތް ފައްޓަވާފައެވެ.
އެމްޔޫއޭގެ ސްޢޫލުވެރިޔާ ނަޒާކީ ޒަކީ (ދާތޯ ޒަކީ) އަކީ ރާއްޖޭގެ ސިޔާސީ އަދި ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!