ކުޅުދުއްފުށީ އުތުރު ބަނދަރުގެ ދެކުނު ފަރާތުގެ ނެރުއްބައްތި ހަލާކުވުމާއި ގުޅިގެން ކަނޑު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުން އެ ކަމަށް ސަމާލުވާން ސިޓީ ކައުންސިލުން އެދިއްޖެއެވެ.

ސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކުޅުދުއްފުށީ އުތުރު ބަނދަރު ދެކުނު ފަރާތު ކަނޑިންމާ ބައްތި ވަނީ ބިނދިފައިކަމަށެވެ. މިކަމުގެ ސަބަބުން ދަތުރުކުރާ ފަރާތްތަކައް ގެއްލުމެއް ލިބިދާނެތިން މިކަމަށް ސަމާލުވާން ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

Ad
rt

އެގޮތުން މި މައްސަލަ ހައްލުކުރުމަށްޓަކައި އެ އިދާރާއިން ދަނީ ނެރުބައްތި މަރާމާތު ކުރުމުުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މި ދުވަސްވަރު މޫސުން ގޯސްވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކަށް، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތި ވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުން ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މިދުވަސްކޮޅު ކުރަމުން އަންނަ ވިއްސާރާގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާއިރު، ބައެއް ރަށްރަށުގެ ގޭބިސީތަކަށާއި އިމާރާތްތަކަށް ވެސް ގެއްލުން ވެފަވެއެވެ.