ކުޅުދުއްފުށި ސިޓީގައި "އެންހޭސިން ކްލައިމެޓް ރެސިލިއަންސސް އެންޑް ފުޑް ސެކުރިޓީ ޕްރޮޖެކްޓް" (ކުޅުދުއްފުށީގައި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގެ މަޝްރޫ)ގެ ސާވޭގެ ފަށައިފިއެވެ.
މި މަޝްރޫޢުއަކީ އޭސިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ފަތުުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފައިވަނީ މި މަޝްރޫޢުގެ މަޤުސަދަކީ ރަށްގިރުމާއި، ފެންބޮޑުވުމަށް ހައްލެއް ހޯދައިދިނުމަށާއި، ސިޓީގެ ކުޅިތައް ރިހިބިލިޓޭޓްކުރުމަށް ކަމަށެވެ. އެގޮތުން މި ސަރވޭގައި މޫދުގެ އެކި ހިސާބުތަކުގައި ޖީޕީއެސް ހިމެނޭހެން 12 ޑިވައިސް އެއް ވަނީ ހަރުކޮށްފައެވެ.
މީގެ އިތުރުން މި ސާރވޭއަށް ބޭނުންކޮށްފައިވާ ޑިވައިސްތައް ނެގުމާއި ގެންދިއުމަކީ ޤާނޫނީ ކުށެއްކަމަށާއި، އަދި އެފަދަ އަމަލެއް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން އޭޑީބީން ބުނެފައިވާ ގޮތުގައި ހުށަހެޅިފައިވާ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޝްރޫޢުން، އިންސާނީ އާބާދީތަކާއި ދަނޑުވެރިކަމާއި ކާބޯތަކެތީގެ ނިޒާމުތަކުގެ ދެމެދުގައި އޮންނަ ގުޅުންތަކަށް އަމާޒުކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މި މަޝްރޫޢުން، ދިވެހިރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ސިޔާސަތުގެ އޮނިގަނޑާއި ޤައުމީ ފެންވަރުގައި ކަނޑައަޅާފައިވާ އިސްހިމެނުންތަކާއި އެއްގޮތްވާ ގޮތުގެމަތިން، މޫސުމަށް އަންނަ ބަދަލުތަކާ އެކަށީގެންވާ ގޮތެއްގައި ހޭނުމުގެ ޤާބިލުކަން އިތުރުކުރުމަށް މަގުފަހިކޮށްދޭނެކަމަށް ވެސް އޭޑީބީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!