ކުޅުދުއްފުށި ސިޓީގައި "ބަށި ބޯޅަ" އޮފިޝަލުންގެ ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި ފުރުސަތު ހުޅުވާލައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބަށިބޯލް ފައުންޑޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން މި ކުޅިވަރަށް އޮފިޝަލުން ތަމްރީނު ކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.
މިއަންނަ އޮގަސްޓް މަހު 1 އިން 2 އަކަށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާނުކޮށްފައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެ ކައުންސިލުން ވަނީ މިހާރު ފުރުސަތު ހުޅުވާލާފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ ހދ އަތޮޅަށް ހުޅުވާލައިގެން މިއަހަރު ސެޕްޓެމްބަރ މަހުގެ 4 އިން 6 އަށް ކުޅުދުއްފުށީގައި ބާއްވާ ބަށި ބޯޅަ މުބާރާތުގައި ވެސް ބައިވެރިވުމަށް ހުޅުވާލާފައެވެ.
ކުޅިދުއްފުށީގައި ބަށި ބޯޅަ ކުޅިވަރު ދިރުވުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރާއްޖޭގައި އަތޮޅު ލީގެއްގެ ގޮތުގައި ބަށި މުބާރާތް ހިންގަނީ ވެސް ހަމައެކަނި އެ ސިޓީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!