ކުޅުދުއްފުށި ސިޓީގައި ތިބޭ ކަސްޓަމްސްގެ މުވައްޒަފުން އެ ސިޓީގެ ޖަލާލުއްދީން ސްކޫލު ގޯތިތެރޭގައި ހަދާފައިވާ ޕްލެޓްފޯމް ހިލޭ ސާބަހަށް ހިޔާކޮށްދިނުމުގެ މަސައްކަތްކޮށްދީފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނީ ކުޅުދުއްފުށި ސިޓީ، ޖަލާލުއްދީން ސްކޫލު ގޯތިތެރޭގައި ޤާއިމުކޮށްފައިވާ ޕްލެޓްފޯމުގައި ޓިނުޖަހާ ހިޔާކޮށްދިނުމުގެ މަސައްކަތް ކުޅުދުއްފުށީ ކަސްޓަމްސްގައި މަސައްކަތްކުރާ މުވައްޒަފުން ކޮށްދީފައިވާ ކަމަށެވެ.
މި ޕްލެޓްފޯމަކީ އެ ސްކޫލްގެ ގޯތިތެރޭގައި ދަރިވަރުން ކުޅިވަރު ކުޅުމަށް ޚާއްސަކޮށްފައިވާ ސަރަހައްދުގައި ޤާއިމުކޮށްފައިވާ ތަނެކެވެ.
މިތަން ހިޔާކޮށްދިނުމުގެ މަސައްކަތް ކުޅުދުއްފުށީ ކަސްޓަމްސްގެ މުވައްޒަފުން ހިލޭސާބަހަށްކޮށްދީފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ޖަލާލުއްދީން ސްކޫލުން ވަނީ ހަނދާނީ ފިލައެއް ވެސް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!