ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ "ކުޅުދުއްފުށި ބަށި މުބާރާތް - ހދ އަތޮޅު ލީގް 2025" ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިއަހަރު މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅަށް ހުޅުވާލައިގެން ސެޕްޓެމްބަރ 4 އިން 6 އަށް ކަމަށެވެ.

Ad
rt

އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ސިޓީ ކައުންސިލުން އާންމު ކޮށްފައިވާ ފޯމު ފުރުމަށް ފަހު ރަޖިސްޓަރ ވުމަށް ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ބައިވެރިވާ ފަރާތްތަކުން 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން ޓީމް ލިސްޓް ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ ފުރުސަތު ދީފައެވެ.

މުބާރާތުގެ ޤަވާއިދު https://shorturl.at/PeJgp މި ލިންކުން ބައްލަވާލެވޭނެއެވެ.

މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅަން ޖެހެނީ ސިޓީ ކައުންސިލްގެ 6527209 އަށެވެ.