ޖަމާއަތުގައި ނަމާދު ކުރެވޭގޮތަށް ހަމަޖައްސައިދޭން އުތީމުންވެސް އެދިއްޖެ
ޖަމާއަތުގައި ނަމާދު ކުރެވޭ ރަށެއް ގޮތުގައި ހއ. އުތީމު ހަމަޖައްސައި ދިނުމަށް އުތީމު ކައުންސިލުން އެދިއްޖެއެވެ. މިގޮތަށް އެ ކައުންސިލުން އެދިފައި ވަނީ އުތީމު ކައުންސިލްގެ ރައީސް އަބުދު ﷲ ރަޝީދު ސޮއިކުރަށްވައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައެވެ. އެ ސިޓީގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ފުރަބަންދުގައިވާ ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލުމާއި ބެހޭ ގޮތުން ނިސްޓްރީ […]