އެކިދުވަސް މަތިން އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން 4 މީހުން ހައްޔަރުކޮށްފި

76F2A4B9-5E48-425B-BC13-8D7FE1F55549

އެކިދުވަސް މަތިން ހއ. އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން 4 މީހުން ހައްޔަރުކޮށްފައިވާކަމަށް މޯލްވިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.

ހއ އަލިދޫ ރިސޯޓްއަށް އެކި ދުވަސްމަތިން އަރައި އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވަ ކަމުގެ މައްސަލަ އެއް މިމަހުގެ 24 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ އާ ގުޅިގެން، މިމަހުގެ 26 ވަނަ ދުވަހު ކޯޓު  އަމުރެއްގެ ދަށުން ހއ. އުތީމުގެ ބައެއް ގެތަށް (ޖުމްލަ 9 ގެ) ބަލައިފާސްކުރުމަށް ފަހު ގިނަ އަދަދެއްގެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން މީޑިޔާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

މި މައްސަލަ އާ ގުޅިގެން މިމަހުގެ 26 ވަނަ ދުވަހު ޖުމްލަ 04 ދިވެހި ފިރެހެނުން (35 ،34، 33 ،30 އަހަރު) ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެމީހުން ގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހއ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުން 10 ދުވަސް ބަންދު ގައި ބޭތިއްބުމަށް އަމުރުކޮށްފައިވާތީ އެމީހުން ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ވަގަށް ގެންގޮސްފައިވަނީ ގޭގައި ބޭނުން ކުރާ ފަރުނީޗަރާއި އިލެކްޓްރޯނިކް އާލަތްތަކެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީގު ކުރަމުންނެވެ.

އަލިދޫ ރިސޯޓު މިހާރު އޮތީ ބަންދު ކޮށްފައެވެ. ސަރުކާރުން އެ ރަށް ކުއްޔަށް ދޫކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އަށެވެ. އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ޔޮޓް ޓުއާސް އިން ވަނީ އެލައިޑް އިންޝުއަރެންސް ކުންފުންޏާ ދެކޮޅަށް ވެސް ދައުވާކޮށްފަ އެވެ. އަލިދޫ ރިސޯޓް އިންޝުއާ ކޮށްފައިވާ އެލައިޑާ ދެކޮޅަށް ދައުވާކުރަނީ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ހުށަހެޅުމުން އެ ބަދަލު ދެވެން ނެތް ކަމަށް އެ ކުންފުނިން ނިންމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި