ހއ. އުތީމު ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ހައިޑަވޭ ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި ފަރާތްތަކަށް ރޯދަވީއްލުމެއް ދީފިއެވެ.

އުތީމު ކައުންސިލްގެ ރައީސް ޢަބްދުالله ރަޝީދު ވިދާޅުވީ މިއީ އުތީމު ޒުވާނުންގެ އިސްނެގުމުގެ މަތިން އުތީމު ރައްޔިތުންގެ ނަމުގައި ދެއްވި ރޯދަވީއްލުމެއް ކަމަށެވެ.

Ad
rt

މިކަމުގައި އެހީތެރިކަންދެއްވި ހުރިހާ ބޭފުޅުންނަށް ހާއްސަކޮށް އުތީމު ޒުވާނުންނަށް ވަރަށް އިޙްލާސްތެރިކަމާއިއެކު ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވަން

އުތީމު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އުތީމް ރައްޔިތުންގެ ފަރާތުން ރޯދަވީއްލުމަށް ފޮނުވި ތަކެތީގައި ވަނީ އުތީމު ރައްޔިތުންގެ ފަރާތުން ކަރަންޓީނު ފެސިލިޓީގައި ތިބި ފަރާތްތަކަށް ހާއްސަ މެސެޖެއްވެސް ދެއްވާފައެވެ.

ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ﷲ ތަޢާލާ އަވަސް ޝިފާއެއް މިންވަރުކުރައްވާށި! އަޅުގަނޑުމެން އުތީމުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނގެ ހެޔޮ ދުޢާ ވަނީ ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނާއި އެކު!

އެމެސެޖުގައި ބުނެފައިވެއެވެ.

އުތީމަކީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ.