ފެނަކައިން ހއ އުތީމުގައި އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ހއ އުތީމުގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭ މަސައްކަތް ހަވާލުކޮށްފައިވަނީ ނަސާ ލިންކް ޕވޓ ލޓޑ އާއެވެ. ފެނަކަ އާ މިކުންފުންޔާއި ދެމެދު މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދުއެވެ.

Ad
rt
ނަސާ ލިންކް އާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 7,030,106.48 ރުފިޔާއަށް މިއަހަރުގެ ނޮވެމްބަރ މަހުގެ 5 ވަނަދުވަހު ނިންމާ ގޮތަށެވެ.

މިއެއްބަސް ވުމުގައި ނަސާ ލިންކްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ އެމްޑީ އަލީ އިބްދުލް ރަޙްމާންއެވެ. ފެނަކަ އިން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދުއެވެ

ފެނަކަ ކޯޕަރޭޝަންގައި މިއަދު އޮތް މިރަސްމިއްޔާތުގައި ބާރަށު ދާއިރާގެ މެންބަރު އަޙްމަސު އަބްދުﷲ ވަނީ ބައިވެރިވެފައެވެ.