ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިން ޤުރުއާން މުބާރާތެއް ހއ. އުތީމު ޣާޒީބަންޑާރައިން ސްކޫލުން ފަށައިފިއެވެ.

މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި، ކޮވިޑް 19 ގެ ސަބަބުން ދަރިވަރުން ގޭގައި ތިބޭ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، މި ޙާލަތުގައި ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބިފައިވާ ހިތް ނުތަނަވަސްކަމާއި މާޔޫސްކަމުން އަރައިގަތުމަށް އެހީތެރިވެދިނުން ކަމަށް އެ ސްކޫލުން މައުލޫމާތުދެއެވެ.

Ad
rt

އެސްކޫލުން ޖުމުލަ 70 ދަރިވަރަކުވަނީ މި މުބާރާތުގައި ބައިވެރިވެފަައެވެ. އަދި މިމުބާރާތުގައި ދަރިވަރުން ބައިވެރިވެ ކިޔަވަމުން ގެންދާނީ ބަލައިގެން ކިޔެވުމުގެ ގޮފީގައެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ އުމުރުފުރާއަކުން 1 ވަނަ 2 ވަނަ 3 ވަނަ ހޮވޭނެއެވެ.

އެގޮތުން އުމުރުފުރާތައް ބަހާލެވިފައި ވަނީ :

ފައުންޑޭޝަން ސްޓޭޖް
- ކީސްޓޭޖް 1
- ކީސްޓޭޖް 2
- ކީސްޓޭޖް 3 އަދި 4

މިމުބާރާތް އިންސާފުކުރުމަށްޓަކާ ފަޑިޔާރުން ކަނޑައަޅާފައިވަނީ ޣާޒީބަންޑާރައިން ސްކޫލުންނެވެ. މީގެ އިތުރުން ސުކޫލުން ވަނީ މުބާރާތުގައި ވީޑިއޯ ކޮންފަރެންސިންގ ހެދުމަށް ބޭނުންކުރާ އެޕްލިކޭޝަންއަށް ބެލެނިވެރިން އަހުލުވެރިކުރުމަށް އޮންލައިން ސެޝަންތަކެއް ބާއްވާފަައެވެ. އަދި މިމުބާރާތަށް ބެލެނިވެރިންނާއި ސްކޫލް ކޮމިއުނިޓީގެ ފަރާތުން ވަރަށް ފުރިހަމަ ތަރުޙީބާއި އެއްބާރުލުން ލިބިފައިވާކަމަށް އެސްކޫލުން މައުލޫމާތުދެއެވެ.