މަސްޖިދުއް ނަބަވީއާއި، ހަރަމްފުޅުގައި އިތުރު 155 ޒަމްޒަމް ފެން ކޮންޓެއިނަރު ބަހައްޓައިފި
ކޯވިޑް-19އަށް ފަހު މައްކާގެ ހަރަމްފުޅާއި މަސްޖިދުލް ނަބަވީގައި އަނެއްކާވެސް ޒަމް ޒަމް ފެން ކޮންޓެއިނަރުތައް ބަހައްޓައިފިއެވެ. ކޯވިޑްގެ ނުރައްކާ ބޮޑުވެ 2020 ވަނަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ހަރަމުގައި ހުންނަ ޒަމްޒަމް ފެން ކޮންޓެއިނަރުތަކުގެ ހިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް އިތުރު ކޮންޓޭނާތައް މިހާރު ބަހައްޓާފައިވާއިރު، އަލަށް މާބަލް ބޭނުންކޮށްގެން ހަދާފައިވާ 155 ކޮންޓެއިނަރު ވަނީ ބަހައްޓާފައެވެ. މީގެ ތެރެއިން 97 ކޮންޓެއިނަރު ބެހެއްޓިފައިވަނީ ހަރަމްފުޅުގައެވެ. އަދި 48 ކޮނ...