ޖިއްދާ (ސެޕްޓެމްބަރު 29): ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ކަނޑައަޅާ ޞިއްޙީ ގޮތުން އެންމެ ރައްކާތެރި ސިޓީތަކުގެ ލިސްޓުގައި ސައުދީ އަރަބިއްޔާގެ މަދީނާ ހިމަނައިފިއެވެ.

ޑަބްލިޔު.އެޗް.އޯއިން ޞީއްޙީ ގޮތުން އެންމެ ރައްކާތެރި ސިޓީތަކުގެ ތެރޭގައި މަދީނާ ހިމަނާފައިމިވަނީ، އެ އިދާރާގެ ޓީމަކުން މަދީނާއަށް ގޮސް ކޮށްފައިވާ ދިރާސާތަކަށް ފަހުގައިކަމަށް ބުނެފައިވެއެވެ.

Ad
rt

މަދީނާގެ އާބާދީ 2 މިލިއަނަށްވުރެ ބޮޑު އިރު، މިއީ މިހާތަނަށް އެންމެ އާބާދީ ބޮޑު ސިޓީއެއް މި ލިސްޓުގައި ހިމެނުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްފައިވެއެވެ.

ސައޫދީ ސަރުކާރުގެ 22 މެމްބަރުންގެ ޓީމަކާއި ވޮލަންޓިއަރުންގެ އިތުރުން ބައެއް އެޖެންސީތަކާއި ތައިބާ ޔުނިވަރސިޓީއާއި ގުޅިގެން ޑަބްލިޔު.އެޗް.އޯގެ މިންގަނޑުތަކާއި އެއްގޮތަށް މަދީނާގެ ކަންތައްތައް ހުރި ގޮތް ދެނެގަތުމަށްޓަކައި ސްޓްރެޖެޓިކް ޕްލޭންއެއް އެކުލަވާލައި، އިލެކްޓްރޯނިކް ޕްލެޓްފޯމެއް ވަނީ ޑަބްލިޔު.އެޗް.އޯއަށް ހުށަހަޅާފައެވެ.

ޑަބްލިޔު.އެޗް.އޯއިން މަދީނާއިން ހުށަހެޅި ޕްރޮގްރާމްއާއި މެދު ހިއްހަމަޖެހި، ޞީއްޙީ ގޮތުން ރައްކާތެރި ސިޓީގެ ލިސްޓުގައި ހިމެނުމަށް ބޭނުންވާ އެހެން ސިޓީތަކުން މަދީނާގެ ޔުނިވަރސިޓީއިން ހުށަހެޅި ޕްރޮގްރާމްއާއި އެއްގޮތަށް އަމަލު ކުރުމަށް އެޖަމިއްޔާއިން ވަނީ އެހެން ސިޓީތަކަށް ގޮވާލާފައެވެ.

ސައޫދީ ސަރުކާރުގެ 22 މެމެބަރުންގެ ޓީމާއި އަމިއްލަ ގޮތުން ޕްރޮގްރާމްގައި ބައިވެރިވި 100 މެމްބަރުންގެ މަސައްކަތްތައް ބަލަހައްޓާފައިވަނީ ތައުބާ ޔުނިވަރސިޓީގެ ރައީސް ޑރ.އަބްދުލް އަޒީޒް އަސައްރަނިއެވެ.

ޑަބްލިޔު.އެޗް.އޯއިން ބުނާގޮތިގައި ޞީއްޙީ ގޮތުން ރައްކާތެރި ސިޓީއަކަށް ހެދުމަށާއި އަދި ތަރައްޤީގެ ލަނޑުދަޑިތައް ހާސިލްކުރުމަށް އެސިޓީއެއްގައި އުޅޭ އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުޙިއްމުކަމެއްކަމަށާއި، މިކަންމުން ސިޓީތައް ތަރައްޤީވުމަށްވެސް އެހީތެރިކަން ލިބޭނެކަމަށް ބުނެފައިވެއެވެ.

ކޯވިޑް 19ގެ ބަލިމަޑުކަމަށްފަހު ސައުދީ އަރަބިއްޔާ ވަނީ ވެކްސިން ހަމަކޮށްފައިވާ މީހުންނަށް ހުޅުވާލާފައެވެ.