ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަނދުކޮށްފައިވާ ޤައުމުތަކުން ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ސައުދީ އަރަބިއްޔާއަށް ޑައިރެކްޓްކޮށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެޤައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި ސައުދީން ދީފައިވާ މިލުޔާއިއެކު ވިޔަފާރިވެރިންނާއި ކޮމިއުނިޓީ ލީޑަރުންވެސް މިކަމަށް އެ ގައުމުން މަރުޙަބާ ކިޔާކަމަށެވެ.

Ad
rt

ކޯވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒްހަމަކޮށްފައިވާ މީހުންނަށް ސައުދީއަށް އެރުމުގެ ހުއްދަ ދީފައިވާއިރު، އެޤައުމުން އަލަށް އެކުލަވާލާފައިވާ ޤަވާޢިދުގެ ދަށުން ދަރުތުވެރިން އެޤައުމަށް އަރާއިރު ސައްހަ މަޢުލޫމާތު ހިމެނޭ ރެސިޑެންސީ ޕާރމިޓަކާއި އެޤައުމަށް އެތެރެވާން ޖަހާ ވިސާ ޖަހައިގެން ނޫނީ ނޭރޭނެކަމަށް ވަނީ ބުނެފައެވެ.

އެ ޤައުމަށް ދަތުރުފަތުރުކުރުމުގެ ހުއްދަ ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، އިންޑޮނޭޝިއާ، މިސްރު، ތުރުކީ، އާޖެންޓީނާ، ބްރެޒިލް، ސައުތު އެފްރިކާ، ޔުނައިޓެޑް އަރަބް އެނިރޭޓްސް، އޮތިއޯޕިއާ، ވިއެޓްނާމް، އަފްޤާނިސްތާން އަދި ވިއެޓްނާމް ހިމެނެއެވެ.

ސައުދީއިން ބޭރުވާ މީހުންނާއި ފޮރިން ޑިޕްލޮމެޓްސް އަދި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އެމީހުންގެ އާއިލާގެ މީހުންނަށް ކުރިންވެސް ވަނީ ސައުދީއަށް އެރުމަށް ހުއްދަދީފައެވެ. ނަމަވެސް އެހެން ޤައުމުތަކުން އެތެރެވާ ދަތުރުވެރިން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖެހޭނެކަމަށް އެޤައުމުގެ އިންޓީރިއަރ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އަލަށް އެކުލަވާލެވުނު ޤަވާޢިދާއި ގުޅިގެން ލޮކްޑައުންވެގެން ތިބި އެހެން ޤައުމުތަކުގެ މީހުންނަށް ލުޔެއްލިބިގެން ދާނެކަމަށްވެސް ސައުދީ ސަރުކާރުން ހާމަކޮށްފައިވެއެވެ.

ސައުދީއަށް އެތެރެވާ އިންޑިއާގެ މީހުންގެ އަދަދު 2.6 މިލިއަނަށް އަރާފައިވާއިރު، އިންޑިއާއިން 2 ޑޯޒް ޖަހާފައިވާ މީހުންނާއި ސައުދީއިން ފުރަތަމަ ޑޯޒް ޖަހައިފައި ގޮސް އިންޑިއާއިން 2 ވަނަ ޑޯޒް ހަމަކޮށްފައިވާ މީހުން ހިމެނޭކަމަށް ބުނެފައިވެއެވެ. އަދި މިދުވަސްވަރު ސައުދީއަށް އެތެރެވާ މީހުންގެ މެޖޯރިޓީއަކީ އިންޑިއާ މީހުންކަންވެސް އެޤައުމުން ވަނީ ހާމަކޮށްފައެވެ.

2020 ވަނަ އަހަރުގެ މާރޗްމަހު ސައުދީން ވަނީ އެޤައުމުގެ ބޯޑަރުތައް ބަންދުކޮށްފައެވެ. އެޤައުމުގެ ބޯޑަރު އަލުން ހުޅުވާފައައިވަނީ ފާއިތުވި މޭމަހުއެވެ.