ޣައްޒާގެ ގެތަކާއި ޓަވަރުތަކަށް ބޮން އަޅާހަމަލާދިނީ ހަމާސް ޖަމާއަތުގެ ރޮކެޓް ހަމަލާތަށް ނުހުއްޓުވުމުން ކަމަށާއި އަދި ހަމާސް ޖަމާޢަތުގެ ބޮޑުންނަށް ހަމަލާ ނުދެވުމުންކަމަށް ޣައްޒާއަށް ދިން ހަމަލާތަކުގައި އަމަލީގޮތުން ބައިވެރިވި ޕައިލެޓެއް ބުނެފިއެވެ.

އޭނާ މިހެން ބުނީ އިޒްރޭލު ޓީވީ ޗެނަލެއް ކަމަށްވާ 'ޗެނެލް 12' އަށް ދިން އިންޓަރވިއުގައެވެ. މި ހަމަލާތަކުގައި އިޒްރޭލުގެ ހައްދުފަހަނައެޅި އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ މީހުން ދިރިއުޅޭ 9 ޓަވަރަކަށް ބޮން އަޅާ ބިމާ ހަމަކޮށްލާފައިވާއިރު މީގެ ތެރޭ ބައިނަލްއަޤްވަމީ ނޫސް އެޖެންސީތައް ހިންގާ އިމާރާތްތަށްވެސް ހިމެނެއެވެ.

Ad
rt

އިޒްރޭލުން ކުރިން ބުނެފައިނީ އެ އިމާރަތްތަކަށް ހަމަލާދިނީ އެއީ ހަމާސް ޖަމާއަތުން ރޮކެޓް ލޯންޗު ކުރުމަށް ބޭނުންކުރާ ތަންތަން ކަމަށްވާތީ ކަމަށެވެ. ނަމަވެސް އިޒްރޭލުގެ އެއްވެސް އިދާރާއަކަށް މިއަދާ ހަމައަށްވެސް އެކަން ސަބީތުކޮށްދެވިފައެއް ނުވައެވެ.

އިޒްރޭލުގެ ހައްދުފަހަނައެޅި އިސްތިއުމާރީ އަސްކަރިއްޔާއާއި ހަމާސް ޖަމާއަތާއި ދެމެދު 11 ދުވަހަށް ދެމިގެންދިޔަ ހަމަލާ ބަދަލުކުރުންތަކުގައި އެތައް ސަތޭކަ ބަޔަކު އިޒްރޭލުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 69 ކުޑަކުދިންނާއި 40 އަންހެނުންވެސް ހިމެނެއެވެ.

ހަމާސް ޖަމާޢަތުން މިހާތަނަށް ދުވަހަކުވެސް އިޒްރޭލަށް ރޮކެޓް ހަމަލާ ނުދޭ ވަރަށް މިފަހަރު ދީފައިވާއިރު އިޒްރޭލުގެ މިލިއަން ޑޮލަރުން ހަރަދުކޮށްގެން އޮޕަރޭޓްކުރާ އަޔަން ޑޯމް ސިސްޓަމަށް ނުކަތާ ވަރަށް މިފަހަރުގެ ހަމާސްގެ މުޖާހިދުންގެހަމަލާތައް ވަރުގަދަވިއެވެ.