އިޒްރޭލުގައި ތިބި އެމެރިކާ ސިފައިންގެ 120 މީހުން ބާލައިފި އެވެ.
ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިނގަމުންދާ ޢުދުވާނުގެ ރައްދުގައި އިޒްރޭލަށް ފަލަސްޠީނުގެ މުޖާހިދުން ކެނޑިނޭޅި ދެމުންދާ ޙަމާތައް ހީކުރި ވަރަށްވުރެ ވަރުގަދަވެ، މުޅި އިޒްރޭލުގައި ބިރުވެރިކަން ފެތުރެން ފެށުމާއެކު، އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ 120 ސިފައިން އަސްކަރީ ސީ-17 މަތިންދާބޯޓެއްގައި ޖަރުމަނުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭހަކަށްވަނީ ގެންގޮސްފަ އެވެ.
އެމެރިކާގެ މި ފިޔަވަޅާއެކު އިޒްރޭލު ސަރުކާރުގެ ތެރޭގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އަދި ހަމައެކަނި ބޮންއަޅައި، ދުރުގައި ތިބެ ޓޭންކުތަކާއި މަނަވަރުތަކުން ޙަމަލާދީ ޣައްޒާގެ ޢާންމުން ޝަހީދުކޮށް، ބެންކުތަކާއި، މީޑިއާ ޓަވަރުތަކާއި، ހޮސްޕިޓަލް އަދި ސްކޫލުތަކަށް ހަމަލާ ދީ ސުންނާފަތިކުރިޔަސް، ކުރިޔަށް އޮތް އެތައް މަހަކު ވެސް މުޖާހިދުންގެ ޙަމަލާތައް ނުހުއްޓުވޭނެކަމުގައި ގަބޫލުކުރުން އިޒްރޭލުގެ ވެރިންގެ މެދުގައި ދަނީ ފެތުރެމުންނެވެ. އިޒްރޭލުގެ އިންޓެލިޖެންސް އެކަމުގައި ވަނީ ފެއިލްވެފައެވެ.
ޣައްޒާގެ ސަރަޙައްދީ ރޮނގަށް ބަރުހަތިޔާރު އެއްކޮށްގެން ތިބޭތާ ދެދުވަސް ވީއެވެ. ޣައްޒާގެ ތެރެއަަށް އެއްގަމު މަގުން ވަނުމަށް އަދި ކުރިޔަށް ފިޔަވަޅެއްވެސް އަޅަން އިޒްރޭލު ސިފައިންނަށް ކެރިފައެއް ނުވެއެވެ.
މިއަދުވެސް އިޒްރޭލުގެ ވެރިރަށާއި އެހެން ރަށްތަކުގެ އެތައް ތަނަކަށް ކާމިޔާބު ޙަމަލާތައް ދީ، އެތައް ތަނެއް މުޖާހިދުން ވަނީ ސުންނާފަތިކޮށްލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!