ހިފާފައިވާ ޤުދްސުގައި އިޒްރޭލުން ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ ގިނަ ޢަދަދެއްގެ ބަޔަކު މާތްވެގެންވާ މަސްޖިދުލްއަޤްސާގެ ހަރިއްމަ ތެރެއަށް އާދިއްތަ ދުވަހު ވަދެގަތީ އިޒްރޭލު ސިފައިންގެ ފައުޖެއްގެ ހިމާޔަތުގައެވެ.

އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތުގައި މަސްޖިދުލްއަޤްސާގެ ހަރިއްމަ ތެރެއަށް އިޒްރޭލު ސިފައިންގެ ފައުޖަކާއި އެކު ޔަހޫދީން ވަދެގަތުމުގެ ކުރިން ފަތިހުގެ ފަތިސްނަމާދުގެ ވަގުތުގައި އެމީހުން އެތާނގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އުނދަގޫކޮށް ބޭރުކޮށްފައިވާއިރު ޙަމަލާދިނުމުގެ ސަބަބުން ބައެއް މީހުން ޒަޚަމްވެފައިވެސްވެއެވެ.

Ad
rt

މިއީ ފަލަސްތީނުގެ ރައްޔިތުން ރުޅިއެރުވުމަށް ޓަކައި އިސްރާއީލުގެ ސަރުކާރު އަޑީގައި އޮވެގެން އާންމުކޮށް ހިންގާ ޖެއްސުމުގެޢަމަލުތަކެކެވެ.

ޔަހޫދީންގެ ބަޔަކު އަޤްސާގެ ހަރިއްމަ ތެރެއަށް ވަންނަނަމަ އިޒްރޭލުގެ ނިރުބަވެރި ފައުޖުތައް އޭގެ ކުރިން އައިސް އެތާ ތިބޭ ޔަހޫދީ ނޫން މީހުންނަށް ތަޅާ އަނިޔާކޮށް ބޭރުކުރެއެވެ. އަދި ގަދަހަދާ މީހެއްނަމަ އެމީހުންގެ ހައްޔަރަށް ގެންގޮސް އެމީހުންގެ ކޯޓު ތަކުގައި ޝަރީއަތްކޮށް ޖަލަށްލައެވެ.

މިއީ ރަމަޟާން މަހުގައި ހިނގައި ދިޔަ ހަމަނުޖެހުމާއި ޤަތުލުއާމަށްފަހު މިގޮތަށް ޔަހޫދީން އަޤްސާ ތެރެއަށްވަދެގަތް ފުރަތަމަ ފަހަރެވެ. ޔަހޫދީންނަށް މަސްޖިދުލް އަޤްސާތެރެއަށް ހަތިޔާރުއެޅި ފައުޖުތަކުގެ ރައްކާތެރިކަމާއިއެކު ވަދެވޭއިރު ދުވަސް ދުވަސްކޮޅުން މަސްޖިދުލް އަޤްސާއަށް މުސްލިމުންނަށް ނުވަދެވޭގޮތް ހަދައެވެ. އަދި މިހާރުވެސް 45 އަހަރުންދަށް ފަލަސްތީނީންނަށް މަސްޖިދުލް އަޤްސާގެ ގޭޓުތަކުން އެތެރެވުމުގެ ހުއްދައެއް ނޯވެއެވެ.