ހަމާސް ޖަމާޢަތުގެ އައު ޓެކްނޮލޮޖީތަކުގެ ސިހުމާއިއެކު އިއްޔެއާއި މިއަދު އިޒްރޭލުން ހިނގަމުންދާ ޖަރީމާތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެކި ސަރަހައްދުތަކަށް ޙަމަލާދީ ގެތައް ދަނީ ބިމާ ހަމަކުރަމުންނެވެ.

އެފަދަ އެއް ޙަމަލާގައި، ކުޑަ ދެކުދިންނާއި، އެ ކުދިންގެ މާބަނޑު މަންމަވެސް އެއްފަހަރާ ވަނީ ޝަހީދުކޮށްލާފައެވެ.

Ad
mooomoo 1

މިހާތަނަށް 100 އެއްހާ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ޢަދަދު ގިނައެވެ. ފުލުފުލުގައި ބޮމުގެ ޙަމަލާތައް ދެމުން ދިއުމާއި، ޑްރޯންތަކާއި ޖެޓުތަކުގެ ޙަރަކާތްތަކާއި އަޑުތަކުގެ ސަބަބުން މުޅި ޣައްޒާގެ ރައްޔިތުން ތިބެނީ ސިހިސިހިއެވެ. ތުއްތު ކުދިންނަށް ނިދާލެވޭނެ އެއްވެސް ފުރުސަތެއް ނުދެއެވެ.

އިޒްރޭލުގެ ސިފައިން މާތްވެގެންވާ އަލް މަސްޖިދުލް އަޤްޞާއަށާއި ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގެ ރައްދުގައި ޣައްޒާގައި ޙަރަކާތްތެރިވާ ޙަމާސް އަދި އިސްލާމިކް ޖިހާދުން ދަނީ އިޒްރޭލުގެ އެކި ހިސާބުތަކަށް ރޮކެޓް ޙަމަލާތައް ދެމުންނެވެ. އިޒްރޭލުގެ މިސައިލުން ދިފާޢުވާ 'އަޔަން ޑޯމް' ނިޒާމަށް ހުއްޓުވޭވަރަށްވުރެ އަވަސް އަދި ގިނަ ޙަމަލާތަކެއް ދަނީ ދެމުންނެވެ.

ނަތީޖާއެއްގެ ގޮތުން ބައެއް ތަންތަނަށް ޙަމަލާތައް އަރައި، އިޒްރޭލުގެ ސިފައިން މަރުވެ، މާއްދީ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އަދި ފަލަސްޠީނުގެ ތުއްތު ދަރިން ނިދިން މަޙްރޫމްކޮށް، އެތަން މިތަނަށް ބޮންއަޅަމުންދާހައި ހިނދަކު އިޒްރޭލުގެ ރައްޔިތުންވެސް ނިދިޔަ ނުދޭނެކަމުގައި ވަނީ ބުނެފައެވެ.

Ad
df

މިހަމަލާތަކުގެ ވަރުގަދަކަމާއި ލިބުނު ސިހުމެއްގެ ސަބަބުން އިޒްރޭލުގެ ދެކުނުގެ ހުރިހައި ސްކޫލުތައް ވަނީ ބަންދުކޮށް، ރައްޔިތުން ބިންގަރާސްތަކަށް ވަދެ ތިބެން ވަނީ މަޖުބޫރުކޮށްފައެވެ.