ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ ޝިކާރައަށް އެ ގައުމުގެ މަސްވެރިންނާއި ދަނޑުވެރިން ހަދައިފިއެވެ.
އިއްޔެ އިސްރާއީލުގެ ނޭވީ ބޯޓުތަކުން ވަނީ ޣައްޒާގެ މަސް ދޯނިތަކަށް ބަޑިޖަހައި އެއް ބޯޓަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި ޣައްޒާ ބޯޑަރުގެ ދެކުނުގައިދަނޑުހައްދަން ތިބި ބަޔަކަށްވެސް އެ ގައުމުގެ މިލިޓަރީން ވަނީ ހަމަލާ ދީފައެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.
ޣައްޒާގެ މަސްވެރިން ބުނާ ގޮތުގައި އެ މީހުން މަސް ބާނަން ތިބީ އިސްރާއީލުން ކަނޑައަޅައިފައި އޮންނަ ސަރަހައްދުގެ ތެރޭގައެވެ. ނަމަވެސް ބެލުމެއްނެތި ހަމަލާ ދޭންފެށީ ކަމަށް މަސްވެރިން ބުންޏެވެ.
މަސްވެރިން ބުނާގޮތުގައި އިސްރާއީލުން ވަނީ ބަޑީގެ އިތުރުން ބޮމާއި ވޯޓާ ކެނަންގެ ބޭނުންވެސް ކުރިއެވެ. މި ހަމަލާތައް ދޭން ފެށުމާއެކު ހަލާކުވި ދޯނި ދޫކޮށްލުމަށްފަހުމަސްވެރިން ވަނީ އެނބުރި ރަށަށް އަރައިފައެވެ.
މިއީ ކޮންމެ ދުވަހަކު ހެން މިހާރު ދެމުން އަންނަ ހަމަލާތަކެއް ކަމަށް ޣައްޒާގެ ރައްޔިތުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!