މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ގެއްލިގެން ހޯދަމުން ދިޔަ ބާރަށު މީހާ ފެނިއްޖެ
Thiladhunmathi News

ގެއްލިގެން ހޯދަމުން ދިޔަ ބާރަށު މީހާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ހއ. ބާރަށު މީހާ ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ހއ. ބާރަށް/ ސައިނިންސްޓާ، މުހައްމަދު ތައުފީގު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ. އުމުރުން 35 އަހަރުގެ ތައުފީގު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 1:35 ހާއިރު އެވެ. އޭނާ ގެއްލުމުގެކުރިން އެންމެ ފަހުން ފެނިފައިވަނީ […]

ބާރަށު މީހަކު ގެއްލިގެން ހޯދަނީ
Thiladhunmathi News

ބާރަށު މީހަކު ގެއްލިގެން ހޯދަނީ

ހއ. ބާރަށަށް ނިސްބަތްވާ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ ބާރަށު ސައިނިންގސްޓަރ، މުހައްމަދު ތައުފީގު ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ އުމުރުން 35 އަހަރުގެ ތައުފީގު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 1:35 ހާއިރު އެ އިދާރާ އަށް އަންގާފައިވާ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އޭނާ […]

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ
Raajje

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގެ ދިވެހި އަންހެނަކު ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާން ކޮށްފިއެވެ. އެ އިދާރާ އިން ވިދާޅުވީ ހޯދަނީ ކ. މާލެ / ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާ ކަމަށެވެ. އަދި އޭނާ ހޯދަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. އުމުރުން 40 އަހަރުގެ ރިޔާސާ ހާޟިރުވާން ޖެހޭނީ އޮގަސްޓް 28 ވަނަ ދުވަހުގެ 11:30 އަށް ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ކަމަށާއި އޭނާ ހާޟިރުކުރަނީ […]

އިންސްޕެކްޓަރ އޮފް ޕޮލިސް، ހޯރަފުށި އަހްމަދު މޫސާ ނިޔާވެއްޖެ
Thiladhunmathi News

އިންސްޕެކްޓަރ އޮފް ޕޮލިސް، ހޯރަފުށި އަހްމަދު މޫސާ ނިޔާވެއްޖެ

އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު މޫސާ، ހއ. ހޯރަފުށި / ނިކޯޝިއާ ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އޭނާ ނިޔާވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަހްމަދު މޫސާ މެދުނުކެނޑި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި ހިދުމަތް ކުރައްވާފައިވާއިރު، ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޑެވެލޮޕްމަންޓުގައި މަސައްކަތްކުރައްވައި، ވަނީ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ނިޔާވި، އަހްމ...

ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެ
Raajje

ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެ

ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ފަތިހު ގާތްގަޑަކަށް 4:42 ހާއިރު މާލޭ މަޖީދީ މަގުގައި ކަމަށެވެ. އަދި މި އެކްސިޑެންޓުގައި އަމިޔާވި މީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓާ އަހްމަދު އަފްޢާލް ވިދާޅުވީ އެ ދެމީހުންގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށްފަހު މިހާރުދޫކޮށްލާފައިވާ ކަމަށާއި އަނެކަކަށް ފަރުވާ ދެމުންދާ ކަ...

ޓެރަރިޒަމާ ގުޅުން ހުރި އޮޕަރޭޝަނެއް 3 ތަނެއްގައި ހިންގައި، 3 މީހަކު ހައްޔަރުކޮށްފި
Raajje

ޓެރަރިޒަމާ ގުޅުން ހުރި އޮޕަރޭޝަނެއް 3 ތަނެއްގައި ހިންގައި، 3 މީހަކު ހައްޔަރުކޮށްފި

ޓެރަރިޒަމާ ގުޅުން ހުރި އޮޕަރޭޝަނެއް 3 ތަނެއްގައި ހިންގައި، 3 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއީ 2017 ވަނަ އަހަރުގެ ފަހުކޮޅު ހަތަރު ދިވެއްސަކު ރާއްޖެއާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވައި، ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލޭ އެހީތެރިކަން ފޯރުކޮށްދީ ޓެރަރިޒަމް އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމުގެ ހެކި އެކުވެރި ދެ ދައުލަތަކުން ކޮށްފައިވާ ތަހުގީގަކުން ކޮށްފައިވާ ތަހްގީގަކުން ހާމަވެފައިވާތީ އެ ގައުމުތަކުގެ...

ހުޅުމާލެއިން ގެއްލުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު
Raajje

ހުޅުމާލެއިން ގެއްލުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެކަމުގެ އަދާހަމަކުރައްވަމުން މީޑިއާ އަށް ފޮނުއްވި މެސެއްގައި އެ އިދާރާ އިން ވިދާޅުވީ އެ ކުއްޖާ ފެނިފައިވާ ކަމަށާއި އޭނާ ފެނުނީ މާލެއިން ކަމަށެވެ. އަދި މިއަދު މެންދުރު 1:44 ހާއިރު އެކުއްޖާ ފެނުނު އިރު، ހާޅު ރަނގަޅު ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ހުޅުމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ ހުޅުމާލޭ ދެވަނަ ފިހަވަހިން އުމުރުން 12 އަހަރުގެ […]

ހުޅުމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
Raajje

ހުޅުމާލެއިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށެވެ. އެ ކުއްޖާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 12:58 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި ކުއްޖާ ހޯދުމުގެ މަސައްކަތް އާއިލާއާއި ގުޅިގެން އެ އިދާރާއިން ކުރައްވަމުން ގެންދަވާކަމަށެވެ. މިފަހަކަށް އައިސް މާލެ ސަރަހައްދުން މީހުންނާއި ކުދިން ގެއްލު...

މިނވަން ދުވަހުގެ ހަރަކާތްތަކަށް މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ
Raajje

މިނވަން ދުވަހުގެ ހަރަކާތްތަކަށް މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ

ރާއްޖޭގެ 58 އަހަރުފުރޭ 59 ވަނަ މިނިވަން ދުވަހާއި ގުޅިގެން މާލޭގައި ކުރިއަށް ހަރަކާތްތަކަށް މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއަދު ހަވީރާއި، މިރޭ މާލޭގެ މަގުތަކުގައި ޕެރޭޑާއި ފުޅަނދުބުރު ބޭއްވުމަށް ހަމަޖެހިފައިވާތީ ބައެއް މަގުތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަދު ހަވީރު 3 ން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 7 ން އެ ހަރަކާތްތައް ނިމެންދެން ބައެއް މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެ […]

ސްޕާއެއްގެ ތެރޭގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި
Raajje

ސްޕާއެއްގެ ތެރޭގައި ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ހަށި ވިއްކަމުން ދިޔަ ސްޕާއަކުން ބަޔަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާލޭގައި ހިންގަމުންދިޔަ “އަލޯރާ ސްޕާ އެންޑް ސެލޫން” ހަށި ވިއްކަމުންދިޔަ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގީ ޖުލައި 20 ވަނަ ދުވަހުގެ ރޭ ކަމަށާއި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަނާއި އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓާއި އިންޓެލިޖެންސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކަމަށް ވެސް ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ...

ކޮޅުފުށީގައި މޫދަށް އެރި އުޅުނު ކުޑަ ކުއްޖަކު ނިޔާވެއްޖެ
Raajje

ކޮޅުފުށީގައި މޫދަށް އެރި އުޅުނު ކުޑަ ކުއްޖަކު ނިޔާވެއްޖެ

މ. ކޮޅުފުށީގައި މޫދަށް އެރި އުޅުނު ކުއްޖަކު ނިޔާވެއްޖެއެވެ. ދިވެހިި ފުލުހުންގެ ހިދުމަތުން ވިދާޅުވީި މ. ކޮޅުފުށީގައި ގެއްލިގެން ހޯދަމުންދިޔަ ކުއްޖަކު މޫދުން ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަކަމަށެވެ. އަދި އެއީ އުމުރުން 1 އަހަރުގެ ކުއްޖެއް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް އަންގާފައިވާ ކަމަށް ވެސް ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ އެކުއްޖާ ނިޔާވެފައިވާ މައްސަލަ އެ އިދާރާއަށް […]

ހުޅުދޫގައި މޫދަށް ގޮސް އުޅުނު އަންހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

ހުޅުދޫގައި މޫދަށް ގޮސް އުޅުނު އަންހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީ ހުޅުދޫގައި މޫދަށް ގޮސް އުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއަދު މޫދަށް ދިޔަ މީހަކު ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިފައިވާ ކަމަށެވެ. އަދި އޭނާ ފެނުނީ މިއަދު ހެނދުނު 11:48 ހާއިރު ކަމަށެވެ. ފުލުހުން ވިދާޅުވީ އެރަށު ހެލްތް ސެންޓަރަށް އެ މީހާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން އެ އިދާރާ އަށް އަންގާފައިވާ ކަމަށާއި ނިޔާވެފައިވަނީ 78 އަހަރުގެ އަންހެނެއް ކަމަށް […]

ބަނގުރާ އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
Raajje

ބަނގުރާ އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ދެ ދިވެހިން ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން މާލެއަށް ކާރެއްގައި ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންނަށް ރޭ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ މާލެއަށް އެ ކާރު އައުމުން، ބުރިޖާ ހިސާބުން އެ ކާރު ހުއްޓުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް ކާރު މަޑުނުކޮށް ދިއުމުން ގަލޮޅު ޕޮލިހުގެ ފުލުހުން އެ ކާރު ފަހަތުން ގޮސް […]

ދާރުލް އާސާރުގެ ސެކިއުރިޓީ ގާޑު ދިދަ ތިރިކުރަން އުޅެނިކޮށް ވެއްޓި ޒަޚަމްވެއްޖެ
Raajje

ދާރުލް އާސާރުގެ ސެކިއުރިޓީ ގާޑު ދިދަ ތިރިކުރަން އުޅެނިކޮށް ވެއްޓި ޒަޚަމްވެއްޖެ

ގައުމީ ދާރުލް އާސާރުގެ ސެކިއުރިޓީ ގާޑު ވެއްޓި އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ނެޝަނަލް މިއުޒިއަމްގެ ސެކިއުރިޓީ ގާޑަށް އަނިޔާވެފައިވަނީ އިއްޔެ ހަވީރު 6 ޖަހާކަންހާއިރު ކަމަށާއި އެއީ އެ މިއުޒިއަމްގެ ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އޭނާ ވެއްޓި ޒަހަމް ވެފައިވާ ކަމަށެވެ. އޭނާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށާއި އެއީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ހާމައެއް […]

ދަގަނޑު ހޮޅިތަކެއް ވަގަށް ނެގި ދެމީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
Raajje

ދަގަނޑު ހޮޅިތަކެއް ވަގަށް ނެގި ދެމީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ދަގަނޑު ހޮޅިތަކެއް ވަގަށް ނެގި ދެމީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އެ ދެމީހުން ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ސީސީޓީވީ ފުޓޭޖެއް އާންމުކޮށްފައެވެ. އަދި ވިދާޅުވެފައިވަނީ އެދެމީހުން މިހާތަނަށް ދަނެގަނެވިފައިނުވާ ކަމަށެވެ. އެ އިދާރާ އިން އިތުރަށް ވިދާޅުވީ އެ ދެމީހުން އެނގޭ މީހަކު ހުރި ނަމަ އެ އިދާރާއަށް އެކަން އެންގުމަށް އެދޭ ކަމަށެވެ. ފުލުހުން އާންމު ކުރައްވާފައިވާ ވީޑިއޯއިން ފެންނަގޮތުގައި ގެއަކުން ދިގު ދަގަނޑު ހޮޅިއެއް ގެއަކުން ނެރެގެން ގެންދާ މަންޒަރު ފެނެއެެވެ....