ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ހިންގި އިޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށް ދެ މީހަކާއި 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބަލައި ފާސްކޮށްފައި ވަނީ ގ. ސްވިންގ ކިޔާ ގެއެކެވެ. އެ ގެ ބަލައި ފާސްކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އިޕަރޭޝަނެއްގައެވެ.

Ad
rt

މި އޮޕަރޭޝަން ހައްޔަރުކޮށްފައިވަނީ މާލެ، މއ. ކޮޓްންވިލާ، އަޙްމަދު ސަފްނީޒް (41 އަހަރު)، ޏ. ފުވައްމުލައް، ދޫޑިގަން، ނިއުވެލީ، މުޙައްމަދު އިވާން (23 އަހަރު) އަދި 17 އަހަރުގެ ކުއްޖެކެވެ.

ފުލުހުން ބުނިގޮތުގައި އެ މީހުން ހައްޔަރުކޮށްފައިވަނީ އެ ގެ ބަލައި ފާސްކުރި އިރު ހެރޮއިން ކަމަށް ޝައްކުކުރެވޭ 1 ގްރާމް، މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 0.75 ގްރާމް އަދި ކެނެބިސް ކަމަށް ޝައްކުކުރެވޭ 43.29 ގްރާމް ފެނުމާ ގުޅިގެންނެވެ. މީގެ އިތުރުން 24,110 ރުފިޔާވެސް އެ ގެއިން ފެނިފައިވެއެވެ.

ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އަޙްމަދު ސަފްނީޒް 10 ދުވަހަށް އަދި މުޙައްމަދު އިވާން 15 ދުވަހަށް ޖަލުގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލާގައި ހިމެނޭ 17 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.