ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދުގެ ކުންފުންޏަކަށް ދައުލަތުން 44 މިލިއަން ރުފިޔާ ދިން މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހްގީގުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް، ދިވެހި ފުލުހުންގެ ޚިދުމަމަތަށް އިއްޔެ އަންގައިފިއެވެ.
މިކަން ހާމަކޮށް ޕީޖީ އޮފީހުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙަމީދުގެ މަޞްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓަކާ ގުޅިގެން، 2023 ވަނަ އަހަރު 44 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެމާލިއްޔަތު ކޮމިޓީއިން ބައްލަވައި، ފުލުހުންގެ ސަމާލުކަމަށް ގެންނަވާފައިވާކަމަށެވެ.
''މި މައްސަލައަކީ ދިވެހި ދައުލަތާއި، ރައްޔިތުންގެ ޢާންމު މަޞްލަހަތު މަތީ ދަރަޖައަކަށް އޮތް ޙައްސާސް މައްސަލައެއްކަމަށް މި އޮފީހަށް ފެންނާތީ، މި މައްސަލައަށްއިތުރު ސަމާލުކަމެއް ދެއްވައި، މައްސަލައަށް ޚާއްސަ ތަޙުޤީޤު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް މިއަދު އެ ޚިދުމަތުގައި ދަންނަވާފައި ވާނެ'' ޕީޖީ އޮފީހުން ބުނެފަވެއެވެ.
މި މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ މި ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާނަމަ އެކަންކަންވެސް މި މައްސަލައިގެ ތެރެއިން ތަޙުޤީޤުކުރުމަށް އަންގާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ މައުލޫމާތު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!