12 ޑިސެމްބަރު 2024 ވަނަ ދުވަހު ތިން ވުޒާރާއެއްގައި އަލިފާން ރޯވި ހާދިސާގެ ތަހްގީގަށް ގެނައި އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު ފުރައިފިއެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ޓީމާ ގުޅުނު އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު 2024 ޑިސެންބަރު 22 ވަނަ ދުވަހު ފުރާފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމުން ވަނީ ހާދިސާ ހިނގި ތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ދިރާސާކޮށްފައެވެ.
މީގެ އިތުރުން، ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް ޓީމާ ހިއްސާކުރިކަމަށް ފުލުހުން ބުންޏެވެ.
''ފޯރުކޮށްދެވުނު މައުލޫމާތުތަކާއި ތަކެތި ދިރާސާކުރުމަށްފަހު، އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައި'' ފުލުހުން ބުނެފަވެއެވެ.
އަލިފާނުގެ ހާދިސާ ހިނގި ގްރީން ބިލްޑިންގަކީ ހައުސިން މިނިސްޓްރީގެ އިތުރުން ކޮންޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ވެސް ހިންގަމުން ދިޔަ ތަނެކެވެ.
12 ޑިސެމްބަރު 2024 ވަނަ ދުވަހު ހެނދުނު އެ އިމާރާތުގައި ރޯވި އަލިފާން ކޮންޓްރޯލްވިއިރު، އެ އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
މި ހާދިސާއާއި ގުޅިގެން މިހާރު އެ ތިން ވުޒާރާގެ މަސައްކަތް ވަގުތީ ގޮތުން ހިންގަމުން އަންނަނީ ދަރުބާރުގޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!