ބަންޑުން ޖަހާލި ޑިންގީއެއްގައި ދަތުރުކުރި 17 ބިދޭސީން ސަލާމަތްކޮށްފި
ކ. ޒަމާނީ ރިސޯޓް ކައިރިން ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި، އެ ޑިންގީގައި ދަތުރުކުރި 17 ބިދޭސީން މިރޭ ސަލާމަތްކޮށްފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި، އެ ޑިންގީ ބަންޑުން ޖަހާލުމާއި ގުޅިގެން އެކަމުގެ ރިޕޯޓް މިރޭ އެ އިދާރާ އަށް ވަނީ ލިބިފައެވެ. ޑިންގީ ބަންޑުން ޖަހާލުމުން އޭގައި ތިބި 3 މީހަކު ފަތައިގެން ޒަމާނީ އައިލެންޑަށް އަރާފައިވާއިރު، ބާކީ ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާ ހިނގުމާ […]