ޅ. ނައިފަރުން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދިޔައީ އުމުރުން 15 އަހަރުގެ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، ޅ. ނައިފަރު/ސީނިޔާގެ އެވެ.

Ad
rt

ފުލުހުން އަންގާރަ ދުވަހުގެރޭ ބުނިގޮތުގައި މައިސަރާ ވަނީ މިހާރު ފެނިފައެވެ. އޭނާ ފެނިފައި ވަނީ އެރަށުގެ މަގުމަތިންނެވެ. އެކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައިސަރާގެ އާއިލާއަށް އޭނާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ހާމަކުރީ މިއަދު މެންދުރުއެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އެ ކުއްޖާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 10:25 އެހައިކަންހާއިރު ކަމަށެވެ.

މިކުއްޖާ އަކީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ގެއްލިގެން ހޯދަން އިއުލާނުކުރި ކުއްޖެކެވެ.