ފުވައްމުލަކު ސިޓީގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ޒުވާނެއް ނިޔާވެއްޖެ އެވެ.
މި ހިތާމަވެރި ހާދިސާ ހިނގީ ފުވައްމުލަކު ފުނާޑު އަވަށުން ހުސްނުހީނާ މަގުގައެވެ.
ފުލުހުންދިން މައުލޫމާތުގައިވާ ގޮތުން، އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސައިކަލް ފާރުގައި ޖެހި ކޮންޓްރޯލް ގެއްލުމުން، މަގުބައްތި ހަރުކޮށްފައިވާ ހޮޅިދަނޑީގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ދަންވަރު 2:40 ހާއިރުއެވެ.
މި ކުއްޖަ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ރޭ 3:38 ހާއިރު ނިޔާވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.
މިއީ މިފަދަ ހިތާމަވެރި ހާދިސާއެއް މިފަހަކުން ހިނގި ދެވަނަ ފަހަރެވެ. މާލޭގައި ޖުލައި 13 ވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި ވެސް 17 އަހަރުގެ ޒުވާނެއް ވަނީ ނިޔާވެފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރު ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!