ކުޅުދުއްފުށީ ސިޓީގައި ފަތިހު ދުވަން ނުކުތް މީހަކު ޒޯން ސްޓޭޑިއަމްގެ ފާހާނާއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ޒޯން ސްޓޭޑިއަމް ފާހަނާ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނީ، ހަސަން މޫސާ (67އ)، ޖިފުޑި/ ކުޅުދުއްފުށި ސިޓީ އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހަސަން މޫސާ މިއަދު ފަތިހު 5 ޖަހާ އެހާކަށް ހާއިރު ދުވަން ދިޔަގޮތަށް ހަބަރެއް ނުވެގެން ހެނދުނު 10:30 ކަށްހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.
ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުނީ ޒޯން ސްޓޭޑިއަމް ފާހަނާ ތެރޭގައި ވެއްޓިފައި އޮއްވައެވެ. އަދި އޭނާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަކަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ އެ މީހާ ހޮސްޕިޓަލް އަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށާއި، ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަށް ނެތް ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!