މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މެންދުރު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރި މައްސަލައެއްގައި ދެ މީހަކު ހޯދަނީ
Raajje

ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރި މައްސަލައެއްގައި ދެ މީހަކު ހޯދަނީ

ވެރިފަރާތަށް ނޭނގި މީހެއްގެ އެކައުންޓްއިން ވައްކަން ކުރި މައްސަލައެއްގައި ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެކައުންޓް ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ ދެ މީހުން ހޯދަނީ އެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. އެ ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯ...

ޑިންގީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްވެ، ޑިންގީ އަޑިއަށް
Raajje

ޑިންގީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްވެ، ޑިންގީ އަޑިއަށް

ޑިންގީއަކާއި ލޯންޗެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 18:50 ހާއިރު ވިލިމާލޭ ދެކުނު ފަރާތު ކަނޑުތެރެއިން ކަމަށެވެ. މި އެކްސިޑެންޑްގައި ޑިންގީއާއި ލޯންޗް މުޑިއެރުމުގެ ސަބަބުން ޑިންގީ ވަނީ އަޑިއަށް ގޮސްފައެވެ. އަޑިއަށް ގޮސްފައިވަނީ ކ. ގުރައިދޫގައި ދުއްވާ ޑިންގީއެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ހާދިސާގައި ދެ ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ. އެ ދެ މީހުން މިހާރު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް...

ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
Raajje

ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

މާލޭ ސިޓީގެ މާލޭގައި ޒުވާނަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި މާލޭގެ މެހެލިގޯޅީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލަފައިވާ ކަމުގެ ރިޕޯޓް އެ އިދާރާއަށް މިއަދު ހެނދުނު 8:20 ހާއިރު ވަނީ ލިބިފައެވެ. ހަމަލާ ދީފައިވަނީ 22 އަހަރުގެ ފިރިހެނަކަށް ކަށެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އިތުރުތަފްސީލް އަދި ފުލުހުން ހާމަކުރަށްވާފައިނުވާއިރު،  މި މައްސަލަ ތަހުގީގުކުރަށްވަމުން ގެންދަވާކަމަ...

119 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި
Raajje

119 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން މާލޭ ސިޓީގެ މާލެއާއި، ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި 119 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. މިއީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. މި ޑިސެމްބަރު މަހުގެ 12 ން 14 އަށް މާލެއާއި ހުޅުމާލޭގައި ހިނ...

ރިޔާސީ އިންތިޚާބާއި ގުޅޭ ރިޕޯޓެއްކަމަށް ބުނެ ފަތުރަނީ ފޭކެއް، އެކަން ތަހުގީގު ކުރާން: ފުލުހުން
Raajje

ރިޔާސީ އިންތިޚާބާއި ގުޅޭ ރިޕޯޓެއްކަމަށް ބުނެ ފަތުރަނީ ފޭކެއް، އެކަން ތަހުގީގު ކުރާން: ފުލުހުން

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭ ތަހުގީގު ރިޕޯޓެއްކަމަށް ބުނެ ފަތުރަނީ ފޭކެއްކަމަށާއި އެކަން ތަހުގީގު ކުރާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެމައްސަލަތަކުގެ ތަހުގީގު ނިމިފައިވާގޮތުގެ ރިޕޯޓެއްކަމަށް ބުނެ އާންމުކޮށްފައިވާ ލިޔުމާ ގުޅޭގޮތުން  ފުލުހުންވަނީ މިއަދު ނެރުނު ނޫސް ބަޔާނެއް ނެރެފަ އެވެ. އެނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ފުލުހުންގެ ތ...

ލޯންޗަކާއި ޓެކްސީއެއް ފާސްކޮށް، ބަނގުރާ ފުޅިތަކަކާއެކު ފަސް މީހަކު ހައްޔަރުކޮށްފި
Raajje

ލޯންޗަކާއި ޓެކްސީއެއް ފާސްކޮށް، ބަނގުރާ ފުޅިތަކަކާއެކު ފަސް މީހަކު ހައްޔަރުކޮށްފި

ލޯންޗަކާއި ޓެކްސީ އެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ހޯދައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި ބަލައިފާސްކޮށްފައި ވަނީ ބޮޑުތަކުރުފާނު މަގު، ދުވާ ޓްރެކާ ދިމާލު ފަޅުތެރޭގައި ތޮށިގަނޑާ ކައިރިކޮށްފައި އޮތް ލޯންޗެކެވެ. އަދި ބަލައިފާސްކުރި ޓެކްސީ ވެސް އޮތީ އެ ސަރަހައްދުގައެވެ. މި ލޯންޗާއި، ޓެކްސީ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ހޯދައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ. މި ބަނގުރާތައް އަތުލައި، ފަސް މީ...

މާފަންނު ގެއަކުން ވައްކަން ކުރި ދެމީހަކު ހޯދަނީ
Raajje

މާފަންނު ގެއަކުން ވައްކަން ކުރި ދެމީހަކު ހޯދަނީ

މިދިޔަ ނޮވެމްބަރ މަހު މާފަންނު ގެއަކުން ވައްކަން ކުރި ދެމީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ. އެ އިއުލާނުގައި ފުލުހުން ބުނެފައިވަނީ ވައްކަން ކުރި ކަމުގެ ތުހުމަތުގައި މާފަންނު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ މިހާތަނަށް ކުރެވުނު މަސައްކަތުން ކާކުކަން ނޭނގުމުގެ ސަބަބުން މި 2 މީހުން އަދިވެސް ހޯދިފައި ނުވާ ކަމަށެވެ. އެގޮތުން ފުލުހުން ވަނީ މި އިއުލާނާއިއެކު އެ ދެމީހުން ފެންނަ ވީޑިއޯ ކޮޅެއް ވެސް ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައެވެ. […]

ށ އަތޮޅުގެ 2 ރަށެއްގައި، އާއްމު ރައްޔިތުންނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް
Thiladhunmathi News

ށ އަތޮޅުގެ 2 ރަށެއްގައި، އާއްމު ރައްޔިތުންނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް

ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ށ އަތޮޅުގެ 2 ރަށެއްގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސިއެވެ. ފުނަދޫ ޕޮލިސް ސްޓޭޝަން އިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ދަށުން މި މަހުގެ 5 ވަނަ ދުވަހު ވަނީ މާއުނގޫދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ރަށުގެ އާއްމު ރައްޔިތުންނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސައެވެ. އެގޮތުން އެރަށު ސްކޫލްގެ ގްރޭޑް 4، 5 އަދި […]

މާޅެންދޫ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަނިކޮން މީހަކު ހައްޔަރުކޮށްފި
Raajje

މާޅެންދޫ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަނިކޮން މީހަކު ހައްޔަރުކޮށްފި

ނ. މާޅެންދޫ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަނިކޮން މީހަކު ހައްޔަރުކޮށްފި އެވެ. މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މާޅެންދޫ ގެއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. މި މަހު 2 ވަނަ ދުވަހު މަނަދޫ ޕޮލިސް ސްޓޭޝަނާއި، ލަންދޫ ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެރަށުން ހައްޔަރު...

ދިވެހިންނަށް އަމާޒުކޮށް އޮންލައިން މީޑިއަމްތަކުގައި ހިންގާ “ލާދީނީ ހަރަކާތްތައް” ބުލޮކް ކުރުމަށް އަމުރެއް
Raajje

ދިވެހިންނަށް އަމާޒުކޮށް އޮންލައިން މީޑިއަމްތަކުގައި ހިންގާ “ލާދީނީ ހަރަކާތްތައް” ބުލޮކް ކުރުމަށް އަމުރެއް

ދިވެހިންނަށް އަމާޒުކޮށް އޮންލައިން މީޑިއަމްތަކުގައި ހިންގާ “ލާދީނީ ހަރަކާތްތައް” ބުލޮކް ކުރުމަށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ. ފުލުހުން ބުނެފައި ވަނީ ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ލިބޭ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއަމްތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުގެ އަމުރެއް ނެރެފައިވާކަމަށެވެ. ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕް...

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ދެމީހަކު ހޯދަން ޢިއުލާންކޮށްފި
Raajje

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ދެމީހަކު ހޯދަން ޢިއުލާންކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ދެމީހަކު ހޯދަން ޢިއުލާންކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާވީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ހޯދަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެ މީހަކު ކަމަށެވެ. އެހެންކަމުން އެ ދެ މީހުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަށްވަމުން ގެންދަވާކަމަށް ފުލުހުންގެ ޚ...

ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލުމަށް ވޯކްޝޮޕެއް
Raajje

ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލުމަށް ވޯކްޝޮޕެއް

ލޯކަލް ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލުމަށް، މަޝްވަރާކުރުމަށް ވޯކްޝޮޕެއް ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލުމަށް، މަޝްވަރާކުރުމަށް ވޯކްޝޮޕެއް މިއަދު ވަނީ ފަށާފައެވެ. މި ވޯކްޝޮޕްގައި، ފުލުހުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން،...

ގެވެށި އަނިޔާއިން ރައްކާތެރިވުމާއި ގުޅޭގޮތުން ނޮޅިވަރަމުގައި މައުލޫމާތުދީފި
Thiladhunmathi News

ގެވެށި އަނިޔާއިން ރައްކާތެރިވުމާއި ގުޅޭގޮތުން ނޮޅިވަރަމުގައި މައުލޫމާތުދީފި

ގެވެށި އަނިޔާގެ މައްސަލަތަކާއި ގުޅޭގޮތުން ހދ. ނޮޅިވަރަމް ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނަކީ، ނޮޅިވަރަމްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ މަޢުލޫމާތު ސެޝަނެކެވެ. ނޮޅިވަރަމް ސުކޫލް ހޯލުގައި ކުރިއަށް ގެންދެވުނު މި ސެޝަނުގައި ގެވެށި އަނިޔާ އަކީ ކޮބައި ކަމާއި ގެވެށި އަނިޔާއިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގެވެށި އަނިޔާގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް...

މާލޭ ސިޓީގެ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

މާލޭ ސިޓީގެ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މާލޭ ސިޓީގެ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނުނީ ހެންވޭރުގައި ހުރި ގެއަކުންނެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެމީހާގެ ހަށިގަނޑު މިހާރު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގެންގޮސްފައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރުފަހު 14:30ކަށް ހާއިރުއެވެ. މި މައްސަލަ ތަހުގީގުކުރަށްވަމުން ގެންދަވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ފޭދޫގައި ހޭލުންތެރިކުރުމުގެ ހަރަކާތެއް
Thiladhunmathi News

ފޭދޫގައި ހޭލުންތެރިކުރުމުގެ ހަރަކާތެއް

ށ. ފޭދޫގައި، އެރަށުގެ ރައްޔިތުންނާއި، ސްކޫލްގެ ދަރިވަރުންނަށާއި، އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހެލުންތެރިކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮއްފިއެވެ. މި ހަރަކާތަކީ ފޭދޫ ޕޮލިސް ޕޯސްޓާއި ށ. މިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ފޭދޫގެ ވަކިވަކި ގޭބިސީތަކަށް ޒިޔާރާތްކޮށް، އާއްމުކޮށް ރަށުތެރޭގައި ހިނގާ ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ދ...