ދިވެހިންނަށް އަމާޒުކޮށް އޮންލައިން މީޑިއަމްތަކުގައި ހިންގާ “ލާދީނީ ހަރަކާތްތައް” ބުލޮކް ކުރުމަށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.
ފުލުހުން ބުނެފައި ވަނީ ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ލިބޭ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއަމްތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުގެ އަމުރެއް ނެރެފައިވާކަމަށެވެ.
ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
“އެހެންކަމުން، މިއަމުރު ތަންފީޒްކުރުމަށް ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސަރވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން މިހާރު ވާނީ އަންގާފައެވެ.”
ފުލުހުން ބުނެފައި ވެއެވެ.
ފަހަކަށް އައިސް އެހެން ދީންތަކުގެ ކޮންޓެންޓް ދިވެހިބަހުން ތަރުޖަމާކޮށް މީސް މީޑިޔާގެ އެކި މަންސަ ތަކުގައި އަންނަނީ ފަތުރަމުން ނެވެ.
މިކަމާއި ގުޅިގެން އާންމުންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!