ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ށ އަތޮޅުގެ 2 ރަށެއްގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސިއެވެ.

ފުނަދޫ ޕޮލިސް ސްޓޭޝަން އިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ދަށުން މި މަހުގެ 5 ވަނަ ދުވަހު ވަނީ މާއުނގޫދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ރަށުގެ އާއްމު ރައްޔިތުންނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސައެވެ. އެގޮތުން އެރަށު ސްކޫލްގެ ގްރޭޑް 4، 5 އަދި 6 ގެ ދަރިވަރުންނަށް ހަނގާ ކުރުމާއި ގުޅޭގޮތުން ވަނީ މައުލޫމާތު ދީފައެވެ.

Ad
rt

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ޕްރޮގްރާމްގައި ހަނގާ އަކީ ކޮބާކަމާއި ސްކޫލް އަދި އެހެންވެސް މާހައުލެއްގައި ހަނގާ ކުރެވޭނަމަ އެކަމުން ދުރުހެލިވާނެ ގޮތާއި އެކަމުގެ ސަބަބުން ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވާނެ އެވެ. މީގެ އިތުރުން އެ ސްކޫލްގެ ބެލެނިވެރިންނާއި ހިއްސާ ކުރެވުނު މައުލޫމާތު ތަކުގެ ތެރޭގައި ހަނގާ ކުރެވޭ މައްސަލަތަކުން ކުދިން ދުރުހެލި ކޮށް އެކުދިންނަށް ނަސޭހަތްތެރިވާނެ ގޮތްތައް ހިމެނެއެވެ.

މާއުނގުދޫގެ ގޭބިސީތަކަށް ޒިޔާރަތް ކޮށް ފުލުހުން ދީފައިވާ މައުލޫމާތު ތެރޭގައި މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންނާއި މެދު ސަމާލުވާނެ ގޮތްތައް ހިމެނެއެވެ. އަދި ކޭޝް ކާޑްގެ މައުލޫމާތު ނުދަންނަ ފަރާތްތަކުން ހިއްސާ ނުކުރުމަށް ވަނީ ހަނދާން ކޮށްދެއްވާފައެވެ.

މާއުނގޫދުގެ އިތުރުން ފުލުހުން ވަނީ މި މަހުގެ 1 ވަނަ ދުވަހު ޅައިމަގުގެ ރައްޔިތުންނަށް ވެސް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސައެވެ.