މާލޭ ސިޓީގެ މާލޭގައި ޒުވާނަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި މާލޭގެ މެހެލިގޯޅީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލަފައިވާ ކަމުގެ ރިޕޯޓް އެ އިދާރާއަށް މިއަދު ހެނދުނު 8:20 ހާއިރު ވަނީ ލިބިފައެވެ.
ހަމަލާ ދީފައިވަނީ 22 އަހަރުގެ ފިރިހެނަކަށް ކަށެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އިތުރުތަފްސީލް އަދި ފުލުހުން ހާމަކުރަށްވާފައިނުވާއިރު، މި މައްސަލަ ތަހުގީގުކުރަށްވަމުން ގެންދަވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!