މިދިޔަ ނޮވެމްބަރ މަހު މާފަންނު ގެއަކުން ވައްކަން ކުރި ދެމީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ.
އެ އިއުލާނުގައި ފުލުހުން ބުނެފައިވަނީ ވައްކަން ކުރި ކަމުގެ ތުހުމަތުގައި މާފަންނު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ މިހާތަނަށް ކުރެވުނު މަސައްކަތުން ކާކުކަން ނޭނގުމުގެ ސަބަބުން މި 2 މީހުން އަދިވެސް ހޯދިފައި ނުވާ ކަމަށެވެ.
އެގޮތުން ފުލުހުން ވަނީ މި އިއުލާނާއިއެކު އެ ދެމީހުން ފެންނަ ވީޑިއޯ ކޮޅެއް ވެސް ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައެވެ.
އަދި މި މީހުންނާއި ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ މާފަންނު ޕޮލިސް ނަންބަރ 9660183 ގުޅުއްވުމަށް ޕޮލިހުން ވަނީ އެދިވަޑައިގެންފައެވެ.
އަދި މިފަދަ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ ފަރާތުން ވެދެއްވާ އެއްބާރުލުން ފާހަގަ ކޮށް ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!