މާލޭ ސިޓީގެ ގެއެއްގައި ވަޅުލާފައި ހުއްޓާ ރޭ ފުލުހުން ހޯދި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތުވާ އިސް މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އެންޑް ނާކޮޓިކްސް އިންޓެލިޖެންސުން އިއްޔެއިން ފަށައިގެން މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި މާފަންނުގައި ހުރި ގެއެއްގެ ތަޅުންގަނޑު ދަށުގައި ވަޅުލާފައި ހުއްޓާ 42 ކިލޯގެ މަސްތުވާތަކެތި ރޭ ވަނީ އަތުލައިގެންފައެވެ.
މި މައްސަލާގައި އެކަކު ހައްޔަރުކުރިއެވެ.
ގެއެއްގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތި ހޯދައިފި
މިއަދު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވަނީ މި މައްސަލާގައި ތުހުމަތުވާ އިސް މީހާ މިހާރު ހައްޔަރުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ސީޕީ ވަނީ ފުލުހުންގެ މި މަސައްކަތަށް ތަޢުރީފް ކުރަށްވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައި ޑްރަގް ނެޓްވޯކް ހިންގާ ކަމަށް ތުހުމަތުވާ ގިނަ އަދަދެއްގެ ބޮޑުން ވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ބައެއް ބޮޑުން ވަނީ މިނިވަންވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!