ބާރަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންގެ ޚިދުމަތުންނާއި، ޖެންޑާ މިނިސްޓްރީ ގުޅިގެން ބަލަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވީ، ނޯތް ސެންޓްރަލް ޕޮލިސް ރީޖަން (ކ، އއ، އދ، ވ. އަތޮޅު) ގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

Ad
rt

މި މަހުގެ 26 ވަނަ ދުވަހު ފުލުހަށް ހުށައެޅި އެ މައްސަލައަކީ އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއަށް އަނިޔާކުރި މައްސަލައެކެވެ.

ފުލުހުން ވިދާޅުވީ އެ ކުއްޖާގެ ހާލު ރަނގަޅުކަމަށެވެ. އަދި އެކުއްޖާ މިހާރު ވަނީ ރައްކާތެރި ތަނަކަށް ބަދަލުކޮށްފައެވެ.

އަދި ފުލުހުންގެ ޚިދުމަތުންނާއި، ޖެންޑާ މިނިސްޓްރީ ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ބާރަ އަހަރުގެ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވިއިރު، ބައްޕައަކު ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް މީސް މީޑިއާގައި ވަނީ ފެންމަތިވެފައެވެ.