ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ހުޅުވައި ކިޔަވައިދޭން ފަށައިފި އެވެ.
ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ އެކޮލެޖުގައި ކިޔެވުން ފެށި ފުރަތަމަ ކޯހަކީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭން ކޯސް ކަމަށެވެ.
މި ކޯހުގެ ކިޔެވުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި މިއަދު ފަށާފައިވާއިރު، ކިޔެވުން ފަށާފައިވަނީ އެކޯހުގެ ދެވަނަ މޮޑިއުލް ކަމަށްވާ ކްރިމިނޮލޮޖީ މޮޑިއުލް ކަމަށެވެ.
ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ހަތަރު ވަނަ ބުރު އައްޑޫ ސިޓީގައި ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އެކޯހުގެ ކިޔެވުން ވަގުތީގޮތުން ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީގައި ހުންނަ އެމްއެންޔޫ ކެމްޕަހުގައެވެ. އެގޮތުން އެ ކެމްޕަހުގައި ކުރިއަށް ގެންގޮސްފައިވަނީ ކޯހުގެ ފުރަތަމަ މޮޑިއުލްކަމަށް ފުލުހުން ބުނެއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޑިޕްލޮމާ އިން ކްރިމިނަލްއިންވެސްޓިގޭޝަން ކޯހުގައި އެކަޑަމިކް ރައިޓިންގ އާއި ލޯ އެންޑް ހިއުމަން ރައިޓްސް އާއި ކްރިމިނޮލޮޖީ އަދި ކްރިމިނަލް ޖަސްޓިސް ސިސްޓަމާއި އިންޓެވިސްޓިގޭޝަން ސްޕެސިފިކް ކްރައިމްސް އާއި އިންވެސްޓިގޭޝަން މެނޭޖްމަންޓް ފަދަ ތަހުގީގާ ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ފަރުމާކޮށްގެން އިންވެސްޓިގޭޝަން އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ކޯހުގައި ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ތ އަދި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ގއ، ގދ. އަތޮޅާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 27 އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!