މާލޭ ސިޓީގެ މާލޭގައި ބިދޭސީންތަކެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިިފިއެވެ.

މި މާރާމާރީގެ ރިޕޯޓް ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ މިރޭ 8:20 ހާއިރު އެވެ.

Ad
rt

ބިދޭސީންތަކެއްގެ ދެމެދުގައި ހިނގި މި މާރާމާރީ ހިނގާފައި ވަނީ މާލޭ ސޯސަންމަގު ގައެވެ. އެ މާރާމާރީގައި އެކަކަށް ވަނީ އަނިޔާ ވެފައެވެ.

ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މާލޭގައި ބިދޭސީންތަކެއްގެ ދެމެދުގައި މާރާމާރީ ހިނގާފައިވާއިރު، މިއަދު ހަވީރު ހުޅުމާލޭ ރެސްޓޯރެންޓެއްގައި ހިނގި ހަމަނުޖެހުމެއްގައި ވަނީ ބަންގްލަދޭޝް މީހަކު މަރާލާފައެވެ. އެ ހަމަލާ ދިނީ އެ ރެސްޓޯރެންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ ޕާކިސްތާނުގެ މީހެކެވެ. މަރުވެފައި ވަނީ އެ ރެސްޓޯރެންޓުގެ ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ބަންގުލަދޭސް މީހެކެވެ.

ހަމަލާއަށް ފަހު ކައްކާ ވަނީ ފިލާފައެވެ. އެހެންވެ ފުލުހުން ވަނީ އޭނާގެ ފޮޓޯ އާންމުކޮށް، އޭނާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި އޭނާއަކީ ނުރައްކާތެރި މީހެއް ކަމަށް ބެލެވޭތީ އާންމުން އޭނާއާ ކުރިމަތިނުލުމަށް ވެސް ފުލުހުން އެދެއެވެ.