މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ގެއެއްގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތި ހޯދައިފި
Raajje

ގެއެއްގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތި ހޯދައިފި

މާލޭ ސިޓީގެ ގެއެއްގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އެންޑް ނާކޮޓިކްސް އިންޓެލިޖެންސުން އިއްޔެއިން ފަށައިގެން މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި ގެއެއްގެ ތަޅުންގަނޑު ދަށުގައި ވަޅުލާފައި ހުއްޓާ 42 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތި އަތުލާފައި ވަނީ މާލެ ސިޓީގެ މާފަންނުގައި ހުންނަ ގެއަކުންނެވެ. މި މައްސަލާގައި އެކަކު ވަނީ ހަ...

ގާފަރު ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް އަންހެނަކު ފެނިއްޖެ
Raajje

ގާފަރު ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް އަންހެނަކު ފެނިއްޖެ

ކ. ގާފަރު ގެސްޓް ހައުސްއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގާފަރު ގެސްޓްހައުސްއެއްގައި އަންހެނަކު ނިޔާވެފައި އޮއްވާ ފެނިފައިވާކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓް ލިބިމާއެކު އެ ގެސްޓްހައުސްގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.

ބާރަ ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
Raajje

ބާރަ ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

ބާރަ ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ވަނަވަރު މިއަދު އާންމުކޮށްފިއެވެ. މި މީހުންނަކީ، ކަނޑުމަގުން ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ޑްރަގް އެންފޯސްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންނެވެ. މި މީހުން ހައްޔަރުކުރީ ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިނ...

ކަޅު ބާޒާރުގައި ސައްހަނޫން ޑޮލަރު ވިއްކާތީ ސަމާލުވާން އެދިއްޖެ
Raajje

ކަޅު ބާޒާރުގައި ސައްހަނޫން ޑޮލަރު ވިއްކާތީ ސަމާލުވާން އެދިއްޖެ

ކަޅު ބާޒާރުގައި ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކާތީ ސަމާލުވާން އެދިއްޖެ އެވެ. މިއަދު ފުލުހުން ބުނީ، މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބަރ ކޮމިއުނިޓީ އަދި ޝޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޔޫއެސް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރުކޮށްގެން ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކަމުންދާ ކަމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި ތަހުގީގުކުރަމުން ދާކަމަށެވެ. އެގޮތުން، މަނީ އެކްސްޗޭންޖް ވައިބަރ ކޮމިއުނިޓީގައި ޔޫއެސް ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަށްފަހު، ޔޫއެސް ޑޮލަރު ގަންނަން ބޭނުންވ...

ށ. ފުނަދޫގައި "އަވަށްޓެރި ޕޮލިސް" ތައާރަފް ކުރަނީ
Thiladhunmathi News

ށ. ފުނަދޫގައި "އަވަށްޓެރި ޕޮލިސް" ތައާރަފް ކުރަނީ

ށ. ފުނަދޫގައި “އަވަށްޓެރި ޕޮލިސް” ތައާރަފް ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފި އެވެ. މިކަމާއި ގުޅޭގޮތުން “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ “އަވަށްޓެރި ޕޮލިސް” ތައާރަފްކުރުމަށް އެރަށުގެ ފުލުހުން އިއްޔެ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެގޮތުން މިބައްދަލުވުމުގައި އެރަށުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފެނަ...

ހަނގުރާމަ އަށް ދިޔަ އާއިލާއެއް ރާއްޖެ ގެނެސްފި
Raajje

ހަނގުރާމަ އަށް ދިޔަ އާއިލާއެއް ރާއްޖެ ގެނެސްފި

ރާއްޖެއިން ބޭރު ގައުމެއްގައި ކުރި ހިނގަމުން ދިޔަ ދާހިލީ ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިން ރާއްޖެ ދޫކޮށް ދިޔަ ދިވެހި އާއިލާއެއް މިއަދު އަނބުރާ ރާއްޖެ ގެނެސްފިއެވެ. ފުލުހުންގެ ޚިދުމަތުން އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް 2013 ވަނަ އަހަރު ދިވެހިރާއްޖެ ދޫކޮށް ދިޔަ ދިވެހި އާއިލާއެއް ދިވެހިރާއްޖެއަށް މިއަދު އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި އަނބުރާ އަންނަ ހަނގުރާމަވެރިންނާ އެމީހުންގެ އާއިލާތަކާމެދު އަމަލު...

ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށި ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޅުދުއްފުށި ސިޓީ ޕޮލިހާއި، އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި އެ އޮޕަރޭޝަނަކީ ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 7 ވަނަ ދުވަހު ހިންގި...

ށ. ފޭދުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ށ. ފޭދުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ށ. ފޭދޫ ކައުންސިލުން އެރަށުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި އެރަށުން ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ށ. ފޭދޫ ގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ 28 އަހަރުގެ […]

މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރި ބޯޓަކުން، މަސްތުވާތަކެތި ގެންދިޔަ ޒުވާނަކު ހައްޔަރުކޮށްފި
Thiladhunmathi News

މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރި ބޯޓަކުން، މަސްތުވާތަކެތި ގެންދިޔަ ޒުވާނަކު ހައްޔަރުކޮށްފި

މާލެއިން ފުރައިގެން ހދ. ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރި ބޯޓަކުން، މަސްތުވާތަކެތި ގެންދިޔަ ޒުވާނަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ސިޓީގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. ކުޅުދުއްފުށީ ސިޓީގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެފ...

އައިއެސް ޖަމާއަތާ ގުޅުން އޮންނަ ދިވެއްސަކު ހައްޔަރުކޮށްފި
Raajje

އައިއެސް ޖަމާއަތާ ގުޅުން އޮންނަ ދިވެއްސަކު ހައްޔަރުކޮށްފި

އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ގުޅުން އޮންނަ ދިވެހިއްސަކު ރާއްޖެއިން ހައްޔަރުކޮށްފިއެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އައިއެސް ޖަމާއަތާ ގުޅުން އޮންނަ ދިވެއްސަކު ރާއްޖެއިން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ސީޕީ ވިދާޅުވެފައިވާ ގޮތުގައި އެމީހާ ހައްޔަރު ކުރީ އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތަކާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެމީހާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ޖެނުއަ...

އިތުރު މައުލޫމާތު ލިބުމުން ކުރިއަށް ގެންދާ ގޮތަށް ހުސެންބެގެ މައްސަލަ ފައިލް ކޮށްފި
Raajje

އިތުރު މައުލޫމާތު ލިބުމުން ކުރިއަށް ގެންދާ ގޮތަށް ހުސެންބެގެ މައްސަލަ ފައިލް ކޮށްފި

ސަރުކާރުގެ ސިއްރު ބޭޒާރު ކުރުމުގެ ތުހުމަތުގައި ފުލުހުންގެ ޚިދުމަތުން ތަހްގީގު ކުރަމުން ގެންދިޔަ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ޙުސައިން އަރީފް (ހުސެންބެ) ގެ މައްސަލަ ފައިލް ކޮށްފިއެވެ. އިތުރު މައުލޫމާތު ލިބުމުން މައްސަލަ ކުރިއަށް ގެންދާ ގޮތަށް އެ މައްސަލަ ފައިލް ކުރިކަން ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ހުސެންބެ އަށް އަންގާފައެވެ. އެ މައްސަލައަކީ ކުރީގެ ސަރުކާރު ދުވަސްވަރު 5 އޮކްޓޯބަރު 2017 ގައި ބަލަންފެށި މައްސަލައެކެވެ. އެ މައްސަލަ ނިންމައި ފައިލްކޮށްފައި ވަނީ […]

ތިނަދޫގައި މާރާމާރީއެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
Raajje

ތިނަދޫގައި މާރާމާރީއެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ގދ. ތިނަދޫގައި މާރާމާރީއެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގދ. ތިނަދޫގައި މާރާމާރީއެއް ހިނގިކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ފުލުހުންނަށް އެކަން ރިޕޯޓް ކޮށްފައި ވަނީ މިރޭ 21:25 ހާއިރެވެ. މި މާރާމާރީގައި އަނިޔާ ލިބިފައި ވަނީ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް ދަނީ ތިނަދޫ ގައި ހުންނަ ޑރ. އަބުދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް އަދި މީހެއް ހައްޔަރެއް ނުކުރެއެވެ. ފުލުހުން ގެންދަވަނީ މި […]

ސައިކަލު ރޯކޮށްލި މައްސަލައިގައި ތުހުމަތުވާ ބަޔަކު ހައްޔަރުކޮށްފި
Raajje

ސައިކަލު ރޯކޮށްލި މައްސަލައިގައި ތުހުމަތުވާ ބަޔަކު ހައްޔަރުކޮށްފި

ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި ތުހުމަތުވާ ބަޔަކު ހައްޔަރު ކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމައްސަލާގެ ތުހުމަތުގައި ހައްޔަރު ކުރީ ތިން ދިވެހި ފިރިހެނުން ކަމަށެވެ. އެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ 22 އަހަރުގެ މީހަކާއި، 27 އަދި 31 އަހަރުގެ މީހެކެވެ. ފުލުސް މީހާގެ ސައިކަލުގައިއަލިފާން ރޯކޮށްލާފައި ވަނީ ރޭގައެވެ. އެ ހާދިސާ ހިނގާފައި ވަނީ މިލަދޫގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހެއް ހުއްޓުވުމުން، […]

ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ތަކެއްގެ މެދުގައި މަރާމާރީއެއް ހިނގައިފި
Raajje

ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ތަކެއްގެ މެދުގައި މަރާމާރީއެއް ހިނގައިފި

ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ތަކެއްގެ މެދުގައި މަރާމާރީއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ދެންމެ ވިދާޅުވީ، ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ތަކެއްގެ މެދުގައި މަރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ފުލުހުން ވިދާޅުވީ، މި މާރާމާރީގައި ތިން ބިދޭސީ ފިރިހެނަކަށް އަނިޔާވެގެން މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. “މާރީމާރީ ހިނގާފައި ވަނީ ވައްކަމުގެ މައްސަލައަކ...

މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި
Raajje

މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިލަދޫގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހެއް ހުއްޓުވުމުން، އެމީހާ ހުއްޓުވި ފުލުސް އޮފިސަރަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި ފުލުސް މީހާގެ ސައިކަލުގައި ރޭ ވަނީ އަލިފާން ރޯކޮށްލާފައި ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.