މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އެމްޓީސީސީގެ މުވައްޒަފުން އަހުލުވެރިކޮށްފި
Business

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އެމްޓީސީސީގެ މުވައްޒަފުން އަހުލުވެރިކޮށްފި

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުން އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ. މެރިން ޕޮލިހުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެެވެ. އަދި ކަނޑު އުޅަނދުފަހަރު ދުއްވުމުގައި، އުޅަނދާއި އުޅަނދުން ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންވީ ކަންކަން ވެސް ފޯރުކޮށްދީފައި ވެ...

ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
Raajje

ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ

ފީނަން ގޮސް އުޅުނު 22 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ. ފުލުހުން ވިދާޅުވީ ށ. ގޮނާފަރު ފަޅު ބޭރަށް ޑައިވްކުރަން އުޅުނު މީހަކު ގެއްލިގެން މިއަދު މެންދުރުފަހު ރިޕޯޓް ކުރިކަމަށެވެ. އަދި އޭނާ ހޯދުމުގެ މަަސައްކަތް ކުރަމުންދަނިކޮށް ހަވީރު 4:15 ހާއިރު ފެނިފައިވާ ކަމަށެވެ. އޭނާއަށް ފަރުވާދިނުމަށް ށ. ކަނޑިތީމު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް، ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ރ. އުނގޫފާރު […]

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވެއްޖެ
Raajje

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވެއްޖެ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވެއްޖެ އެވެ. ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މެޔަށް ތަދެއް އަރައި، ފިޓު ޖެހުން ފަދަ އަލާމާތްތަކެއް ފެނުމުން ގދ. މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. ”ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ ނިޔާވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު މައުލޫމާތު ދެއްވާފައިވޭ” ފުލުހުން ވިދާޅުވިއެވެ. ނިޔާވެފައި ވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން […]

އައްޑޫ ސިޓީއާއި އުކުޅަހުން މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި
Raajje

އައްޑޫ ސިޓީއާއި އުކުޅަހުން މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީއާއި، އއ. އުކުޅަހުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހިންގި މި އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނަކީ ހިތަދޫއިން މަރަދުއަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުންވިދާޅުވެއެވެ. ގަން ޕޮލިސް ސްޓޭޝަނުން މި މަހު 20 ވަނަ ދުވަހު ހިންގި މި އެއޮޕަރޭޝަނުގައި 44 އަހަރުގެ މީހަކު މަގުމަތިން...

ޒަޔާންގެ މަރު: ހަތަރު ކުޑަ ކުދިން ހިމެނޭހެން 11 މީހަކު ހައްޔަރުގައި
Raajje

ޒަޔާންގެ މަރު: ހަތަރު ކުޑަ ކުދިން ހިމެނޭހެން 11 މީހަކު ހައްޔަރުގައި

ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވި އައްޑޫ ފޭދޫ / ސޮލިޑް، މުހައްމަދު ޒަޔާން މޫސާ ގެ މަރުގެ ތުހުމަތުގައި މިހައިތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ އުމުރުން 21 އަހަރުގެ ޒަޔާން މަރުވުމުގެ ކުރިން ހަމަލާދިން ގޮތާއި ހަމަލާދިން މީހުން ކިޔައިދީފައިވާ […]

ހޮވައިގެން ގެންދިޔަ 10000 ރުފިޔާގެ ވެރިފަރާތެއް ހޯދަނީ
Raajje

ހޮވައިގެން ގެންދިޔަ 10000 ރުފިޔާގެ ވެރިފަރާތެއް ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް 10000 ރުފިޔާގެ ވެރިފަރާތެއް ހޯދަން ފުލުހުންގެ ޚިދުމަތުން އިއުލާން ކޮށްފި އެވެ. ފުލުހުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެފައިސާ ތަކަކީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 12:04 އެހައިކަންހާއިރު ބޮޑުތަކުރުފާނު މަގު، 1 ނަމްބަރު ފާލަން ހިމެނޭ ސަރަހައްދުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާ ކަމަށެވެ. އެފައިސާ ހުރީ ހުދުކުލައިގެ ސިޓީއުރައެއްގައި ކަމަށް ފުލުހުން ވިދާޅުވި އެވެ. މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށް މިހާތަނަށް ފު...

އަޛުހާންގެ މަރު: ތުހުމަތު ކުރެވޭ މީހަކު އަދިނެތް، ތަހުގީގު ދަނީ ކުރިއަށް
Raajje

އަޛުހާންގެ މަރު: ތުހުމަތު ކުރެވޭ މީހަކު އަދިނެތް، ތަހުގީގު ދަނީ ކުރިއަށް

ގެއްލިގެން ހޯދަމުން ދަނިކޮށް ހުޅުމާލެ ސްކޭޓް ޕާކް ސަރަޙައްދުގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު އަޛުހާން (ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ) މަރާއިގުޅިގެން ތުހުމަތު ކުރެވޭ މީހަކު އަދިނެތް ކަމަށާއި ތަހުގީގު އަދިވެސްދަނީ ކުރިއަށް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. މަރުގެ ތިން މައްސަލައަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފުލުހުންގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އަޒުހާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓުގެ ނަތީޖ...

ޝިއާއުގެ މަރު: ޝާހިލްއަށް ކުށް ސާބިތު ކުރެވޭވަރުގެ ހެކި އެބަހުރި - ފުލުހުން
Raajje

ޝިއާއުގެ މަރު: ޝާހިލްއަށް ކުށް ސާބިތު ކުރެވޭވަރުގެ ހެކި އެބަހުރި - ފުލުހުން

އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އަލީ ޝާހިލްގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެކި އެބަހުރިކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގާ މައުލޫމާތު ދެއްވަމުން މިހާރުކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލި...

ބަނގުރާ ކެއްކި މައްސަލައިގާ ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

ބަނގުރާ ކެއްކި މައްސަލައިގާ ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއްގެތެރޭގައި ބަނގުރާ ކެއްކި މައްސަލައިގާ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ބިދޭސީއެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއްކަމެއް ހާމައެއް ނުކުރައްވަ އެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:12 ހާއިރު، ލިބުމުން ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގަ އެވެ. މިއަދު ހެނދުނު ފުލުހުން ވިދާޅުވެފައިވަނީ މާލޭގެ ގެއަކުން ދުން އަރާތީ ސަލާމަތީ ބ...

މާލޭގެ ގެއަކުން ދުން އަރާތީ ސަލާމަތީ ބާރުތަކުން ގޮސް ބެލިއިރު ފެނުނީ ބަނގުރާ ކައްކާ ސާމާނު
Raajje

މާލޭގެ ގެއަކުން ދުން އަރާތީ ސަލާމަތީ ބާރުތަކުން ގޮސް ބެލިއިރު ފެނުނީ ބަނގުރާ ކައްކާ ސާމާނު

މާލޭގެ ގެއަކުން ދުން އަރާތީ ސަލާމަތީ ބާރުތަކުން ގޮސް ބެލިއިރު ބަނގުރާ ކައްކާ ސާމާނު ފެނިއްޖެ އެވެ. ފުލުހުން ދާދި ދެންމެ ވިދާޅުވީ ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:12 ހާއިރު، ލިބުމުން އެމްއެންޑީއެފާއި ފުލުހުން އެ ގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ހުޅުވާފައި ނުވާ ކަމަށެވެ. އެހެންކަމުން ބާރުގެ ބޭނުންކޮށްގެން އެ ގެއަށް ވަދެފައިވާ ކަމަށާއި އެ ގޭތެރެއިން ދުން އަރަމުންދިޔައީ […]

ލޯންޗު ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މިންހާޖު ހޯދުން ހުއްޓާލައިފި
Raajje

ލޯންޗު ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މިންހާޖު ހޯދުން ހުއްޓާލައިފި

އއ. މާޅޮހު ދެކުނުން ބަންޑުން ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު އައްޑޫ ސިޓީ، ހިތަދޫ/ މިންހާ, މުޙައްމަދު މިންހާޖު ހޯދުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހުއްޓާލައިފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މިންހާޖު ހޯދަން ކުރިއަށްގެންދިޔަ ސާޗް އެންޑް އޮޕަރޭޝަން ރެސްކިއު އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށާއި މި އޮޕަރޭޝަންގައި އިއްޔެ ވެސް 300 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ހަތަރު ދުވަހުގެ ސާޗް އޮޕަރޭޝަނުގައި ވައިގެ މަގުން 2000 […]

ރާއްޖެ އައުމުން އަރުޝަދު ހައްޔަރު ކޮށްފި
Raajje

ރާއްޖެ އައުމުން އަރުޝަދު ހައްޔަރު ކޮށްފި

ރާއްޖެއަށް 119 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ގދ. ހޯނޑެއްދޫ/ އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށްފި އެވެ. އުމުރުން 26 އަހަރުގެ އަރުޝަދު ފިލައިގެން އުޅެނިކޮށް އަވަށްޓެރި ލަންކާއިން ޑީޕޯޓުކޮށްލުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ރާއްޖޭން ނެވެ. 2020 ވަނަ އަހަރުގެ ޖަނަވަރީ 30 ގައި ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށް ހުރީ އަރުޝަދު ކަމަށް ބުނެފައިވާއިރު، އެ އޮޕަރޭޝަންގައި ނުވަ […]

ގެއްލުނު މިންހާޖު ހޯދަން ޑައިވްކޮށްގެން 8573 މީޓަރުގެ ސަރަޙައްދެއް ބަލައިފި
Raajje

ގެއްލުނު މިންހާޖު ހޯދަން ޑައިވްކޮށްގެން 8573 މީޓަރުގެ ސަރަޙައްދެއް ބަލައިފި

މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ޒުވާނާ ހޯދުމަށް ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މި މަހުގެ 6 ވަނަ ދުވަހު ހިނގާފައިވާ މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ، އައްޑޫ ސިޓީ، ހިތަދޫ/މިންހާ, މުޙައްމަދު މިންހާޖު އެވެ. ފުލުހުން ވިދާޅުވީ، އޭނާ ހޯދުމަށް އއ. ފެރިދޫގެ ހުޅަނގު ފުއްޓަރު ފަރާތު ކަނޑުގެ ސަރަހައްދަށް ޑައިވްކޮށް 8573 މީޓަރުގެ ސަރަޙައްދެއް މިއަދު ބަލާފައިވާ ކަމަށެވެ. ”މީހާ ހޯދުމުގެ މަސައ...

ލޯންޗު ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މިންހާޖު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި
Raajje

ލޯންޗު ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މިންހާޖު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހައިލި ހާދިސާގައި ގެއްލުނު އައްޑޫ ސިޓީ، ހިތަދޫ، މިންހާ, މުޙައްމަދު މިންހާޖު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފިއެވެ. މި ހާދިސާއާއި ގުޅިގެން ގެއްލުނު މިންހާޖު ހޯދުމަށް 87.6 ސްކޮޔާ މޭލު މިހައިތަނަށް ބަލާފައިވާ ކަމަށް ފުލުހުން ހާމަކުރައްވައިފި އެވެ. ފުލުހުން ވިދާޅުވީ މިހައިތަނަށް ހޯދި ހޯދުމުން މިންހާޖު ފެނިފައި ނުވާ ކަމަށެވެ. އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ،  މިންހާޖު ހޯދުމަށް އެ އިދާރާއިން ކުރިއަށްގެންދާ ސާޗް އޮޕަރޭޝަންގައި ވައިގެމަގުން 750 ސްކޮއާ ނޯޓިކަލް މޭލ...

ލޯންޗު ބަންޑުން ޖަހާލުމުން ގެއްލުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބަލައިފި
Raajje

ލޯންޗު ބަންޑުން ޖަހާލުމުން ގެއްލުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބަލައިފި

އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނުނު މީހާ ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހައިތަނަށް ބަލާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް “ހަކުރާ” އަދި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ، މިންހާ, މުޙައްމަދު […]