ފީނަން ގޮސް އުޅުނު 22 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ ށ. ގޮނާފަރު ފަޅު ބޭރަށް ޑައިވްކުރަން އުޅުނު މީހަކު ގެއްލިގެން މިއަދު މެންދުރުފަހު ރިޕޯޓް ކުރިކަމަށެވެ. އަދި އޭނާ ހޯދުމުގެ މަަސައްކަތް ކުރަމުންދަނިކޮށް ހަވީރު 4:15 ހާއިރު ފެނިފައިވާ ކަމަށެވެ.

Ad
rt

އޭނާއަށް ފަރުވާދިނުމަށް ށ. ކަނޑިތީމު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް، ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ރ. އުނގޫފާރު އަބްދުﷲ ސޯދިގު ނަމަކަށް ކިޔާ ޒުވާނެކެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ވެސް ފީނަން ގޮސް އުޅުމުގެ ތެރޭގައި އެ ރަށުގެ ޒުވާނަކު ވަނީ ނިޔާވެފަ އެވެ.