ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުން އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

މެރިން ޕޮލިހުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެެވެ. އަދި ކަނޑު އުޅަނދުފަހަރު ދުއްވުމުގައި، އުޅަނދާއި އުޅަނދުން ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންވީ ކަންކަން ވެސް ފޯރުކޮށްދީފައި ވެއެވެ.

Ad
rt

މީގެ އިތުރުން އުޅަނދަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރާނެގޮތުގެ މައުލޫމާތާއި ދަތުރަކަށް ފެށުމުގެ ކުރިން ސަމާލުކަންދޭންވީ ކަންކަމާއި ލައިފް ޖެކެޓު އެޅުމާއި އެކަމުގެ މުހިންމުކަމާ ގުޅޭގޮތުންނާއި ކަނޑުމަތީގެ ހާދިސާތަކުގައި އަމަލުކުރާނެގޮތުގެ މައުލޫމާތު ވެސް ދީފައި ވެއެވެ.

މި ޕްރޮގްރާމްގައި، އެމްޓީސީސީގެ 26 މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް މެރިން ޕޮލިހުންދަނީ ހިންގަމުން ނެވެ.