ހަނިމާދޫ - ބެންގަލޫރު ދެކޮޅު ޓިކެޓަށް 6140 ރުފިޔާ
ޤައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަ މޭމަހު 15 ފެށިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމާފައިވާއިރު، މި ދަތުރުތަކުގެ ބުކިންސް ވެސް މިހާރު ދަނީ ހަދަމުންނެވެ. މެއި 15 އިން ފެށިކޮށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި ބުރާސްފަތީގައި މިދަތުރުތައް ބާއްވަން މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓް އަދި އެޕުން ވެސް ހަނިމާދޫ – ބެންގަލޫރު ސެކްޓަރގެ ބުކިންސް ހެދެއެވެ. މޯލްޑިވިއަންގެ ވެބްސައިޓުން ދައްކާ ގޮތުގައި ހަނިމާދޫ- ބެންގަލ...